
އިއްޔެ ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ 11 މީހުންނެވެ. މީގެއިތުރުން 69 މީހަކު މިއަދު ވަނީ މި ބަލިން ރަނގަޅުވެފަ އެވެ.
އެ މީހުންނާއެކު ރާއްޖެއިން މިހާތަނަށް ބަލިން ޝިފާ ލިބުނު މީހުންގެ ޖުމްލަ އަދަދު ވަނީ 717 އަށް އަރާފައެވެ.
އަދި މިއަދު ޕޮޒިޓިވްވި 11 މީހުންނާއެކު ރާއްޖެއިން މިހާތަނަށް ވަނީ 1883 މި ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އަދި މިވަގުތު ފަރުވާ ހޯދަމުންދަނީ 1157 މީހުންނެވެ.
އެޗްޕީއޭއިން ބުނީ ކޮވިޑަށް ޕޮޒިޓިވްވި 11 މީހުންގެ ތެރޭގައި ހިމެނެނީ 8 ދިވެހިންނާއި ބަންގްލަދޭޝްގެ ތިން މީހެއް ކަމަށެވެ.
މިފަހުން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަނީ ދަށްވަމުންނެވެ. މިދިޔަ ހަތަރު ދުވަހަކީ ކޮވިޑްގެ ބަލި މީހުން ރާއްޖެއިން އެންމެ މަދުން ފެނުނު ތިން ދުވަހެވެ.
ކޮވިޑްގައި މިހާތަނަށް ރާއްޖެއިން ހަތް މީހުން މަރުވެފައިވެއެވެ. އެއީ ހަތަރު ދިވެހިންނާއި ތިން ބިދޭސީންނެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)