ރާއްޖެއިން މިއަދު ކޯވިޑް-19އަށް ޕޮޒިޓިވްވެފައި ވަނީ 8 މީހުންނެވެ. މި އަށް މީހުންނާއެކު މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 527އަށް އަރާފައެވެ.
މިއަދު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ތިން މީހުންނާއި އަދި 5 ދިވެހިންނެވެ.
ރާއްޖެއިން މިހާތަނަށް ފެނުނު ކޭސްތަކާއި ގުޅިގެން އެޗްޕީއޭއިން ވަނީ މިހާތަނަށް 8813 ސާމްޕަލް އެއް ނަގާފައެވެ. އަދި އޭގެތެރެއިން 212 ސާމްޕަލެއްގެ ނަތީޖާ ނުލިބޭކަމަށް މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ކޯވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވަނީ ވިދާޅުވެފަ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ޜާއްޖެއިން ޕޮޒިޓިވްި މީހުންގެ އަދަދު ބޮޑުތަނުން އަިތުރުވިނަމަވެސް މި ދެދުވަހު ޕޮޒިޓިވްވާ މީހުންގެ އަދަދު އުޅެނީ ދަށްކޮށެވެ. އެހެންނަމަވެސް މި އަދަދު ދަށްވިޔަސް ރިލެކްސް ވާން އަދި ނުވާކަމަށް ޑރ. އިބްރާޙިމް އަފްޒަލް ވަނީ ވިދާޅުވެފަ އެވެ.
ރާއްޖެއިން މިހާތަނަށް އެންމެ ގިނައިން ޕޮޒިޓިވްވެފައިވަނީ ފިރިހެނުންނެވެ. އޭގެތެރޭގައިވެސް އުމުރުން 12 އަހަރާއި 40 އަހަރާއި ދެމެދުގެ މީހުން އިތުރުކަމަށް ޑރ. އަފްޒަލް ވަނީ ވިދާޅުވެފަ އެެވެ.
ލިޔުމުގައިވާ އަދަދުތަކަކީ 03/05/2020 21:30 ގެ ނިޔަލަށް ލިބިފައިވާ އަދަދުތައް
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)