ކޯވިޑް-19 ޖެހިގެން ރާއްޖެއިން ފުރަތަމަ މީހާ މަރުވެއްޖެ ކަމަށް ސަރުކާރުން އިއުލާނުކޮށްފި އެވެ.
މިކަން ޔަގީންކޮށްދެއްވާ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވީ ވައިރަސް ޖެހިގެން ރާއްޖެއިން މަރުވެފައިވަނީ އުމުރުން 83 އަހަރުގެ އައިމިނަތު އާދަމް ކަމަށެވެ.
އައިމިނަތު އާދަމް މަރުވެފައިވަނީ މިއަދު އިރުއޮއްސި 19:10 އެއްގައިއެވެ.
މިނިސްޓަރ އަމީން ވިދާޅުވީ 178 ވަނައަށް ރާއްޖެއިން ޕޮޒިޓިވްވި މި ކޭސްއަކީ 126 ވަނަ ކޭސްގެ ކްލަސްޓާއެއް ކަމަށެވެ. އަދި އާމިނަތުގެ އާދަމްގެ ސާމްޕަލް ނެގިފައިވަނީ 28 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ކަމަށެވެ. އަދި ނަތީޖާ ލިބުނުއިރު އާމިނަތު އާދަމް މަރުވެފައިވާކަމަށް އަމީން ވަނީ ވިދާޅުވެފަ އެވެ.
އައިމިނަތު އާދަމް މަރުވެފައިވަނީ ނޭވާލާން ދަތިވެގެން އުޅުމަށްފަހުގައި ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފަ އެވެ. އަދި ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް މަރުވެފައި ވާކަމަށް ވަނީ ވިދާޅުވެފަ އެވެ.
ރާއްޖެއިން މަރުވި ފުރަތަމަ މީހާ ހިނެވުމުގައި މަަސައްކަތް ކުރާނީ އަންހެން ސިފައިންނެވެ. އަދި ހިނެވުމާއި ވަޅުލުމުގެ ކަންކަން ކުރިއަށް ގެންދާނީ ދީނީ އިލްމުވެރިންގެ އިރުޝާދުގެ ދަށުންކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފަ އެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)