އަވި، ހޫނުމިން އަދި ވައިގެ ތެތްކަން އިތުރުވުމުން ކޮރޯނާވައިރަސް އަވަހަށް ބަލިކަށިވާކަމަށް އެމެރިކާގެ އޮފިޝަލެއް ބުރާސްފަތި ދުވަހު ބުނެފިއެވެ.
އެމެރިކާގެ ޑިޕާޓްމެންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީގެ ހެޑް އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ ޑިރެކްޓޮރޭޓް، ބިލް ބްރަޔަން ވިދާޅުވީ ކޮރޯނާވައިރަސް އަތްވާއި ވައިގެ ތެތްކަން އިތުރުވުމުން މާއަވަސް ބާރުމިނެއްގައި މަރުވާކަމަށެވެ. އަދި އެންމެ އަވަހަށް މަރުވަނީ އަވީގައި ކަމަށްވެސް ބްރަޔަން ވިދާޅުވިއެވެ.
ދިރާސާވެރިން ވަދާޅުވާ ގޮތުގައި މިވައިރަސް އެންމެ ގަދައަށް ފެތުރެނީ ގޭތެރޭ އަދި ތެތް ފިނި ނޫން މާހައަލު ތަކުގައެވެ. އަދި މާހައުލުގެ ހޫނުމިނާއި ވައިގެ ތެތްކަން އިތުރުވާވަރަކަށް ވައިރަސްގެ ބާރު ގެއްލޭ ކަމަށް ދިރާސާވެރިން ވިދާޅުވިއެވެ. ހާއްސަކޮށް އަވީގެ ސަބަބުން ވައިރަސްއަށް އަސަރުކުރާކަމަށް ފާހަގަ ކުރެއްވިއެވެ.
މިހޯންދަތުގެ ސަބަބުން ކުރިއަށް މިއޮތް ހޫނު މަސްތަކުގައި ވައިރަސް ފެތުރުން މަދުވާނެކަމުގެ އުއްމީދުތަކެއް އެމެރިކާގައި އިތުރުވާން ފަށައިފިއެވެ. ނަމަވެސް ހަދާން ކުރަންޖެހޭ ކަމަކީ މެލޭޝިޔާ އަދި ސިންގަޕޯ ފަދަ ހޫނު ގައުމުތަކުގައިވެސް މިވައިރަސްއަކީ ހަލުވިކަމާއެކު ފެތުރުނު ވައިރަސްއެއް ކަމެވެ.
ބްރަޔަން އިތުރަށް ވިދާޅުވީ މިކަމާއި ބެހޭގޮތުން އިތުރަށް ދިރާސާކުރަން ޖެހޭކަމަށެވެ. އެހެންކަމުން އަދިވެސް ގައިދުރުކުރުމަށް ސަމާލުކަންދީ ގޭގައި މަޑުކުރުމަށް އޭނާ ގޮވާލިއެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)