މާލޭއިން ފުރަތަމަ ފަހަރަށް މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.
އެޗްޕީއޭއިން ދާދި ދެންމެއަކު ބުނިގޮތުގައި މާލޭއިން ޕޮޒިޓިވްވެފައި ވަނީ ދާދިފަހުން ފްލޫ ކްލިނިކަށް ޒިޔާރަތްކޮށްފައިވާ ދިވެއްސެއް ކަމަށެވެ.
މާލެ ފުލޫ ކްލިނިކަށް ދައްކަން ދިޔަ ދިވެއްސެއް ވަނީ #ކޯވިޑް19 އަށް ޕޮސިޓިވްވެފައި. މިއީ މާލޭން ތެރެއިން ފެނުނު ފުރަތަމަ ޕޮޒިޓިވްވި މީހާ. އަދި މިއީ ދިވެހިންގެ ތެރެއިން މި ބައްޔަށް ޕޮޒިޓިވްވި 6 ވަނަ މީހާ
— Health Protection Agency (@HPA_MV) April 15, 2020
މީނާ އައިސޮލޭޝަން ފެސިލިޓީއަށް ގެންދިއުމަށް މިހާރު ދަނީ މަސައްކަތް ކުރެވެމުން
މިއީ ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި ހަވަނަ ދިވެހި މީހާއެވެ. މި ކޭސް އާއެކު މިހާތަނަށް ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ ވިއްސަށް އަރާފައެވެ. އޭގެތެރެއިން 3 ދިވެއްސަކު ހިމެނޭގޮތަށް، ޖުމްލަ 16 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ
ކޯވިޑް-19 އާއި ގުޅިގެން ހަރަކާތްތެރިވާ ޓެގް ޓީމުންވަނީ ރޭ ވަނީ މާލޭތެރޭގައި ކޯވިޑް-19 ފެތުރިއްޖެނަމަ ގާތްގަނޑަކަށް 46،000 މީހުންނަށް ވައިރަސް ޖެހުމުގެ ފުރުސަތު އެބައޮތްކަމަށް ބުނެފަ އެވެ.
އެހެންނަމަވެސް މިއަދަދަކީ ކޮވިޑް-19 އާއި ދެކޮޅަށް އެއްވެސް ފިޔަވަޅެއް ނުނަގާ ހާލަތުގައި ބަލި ފެތުރޭނެ ވަރުކަމަށް ޓެގް ޓީމުގެ ފަރާތުން ޑރ. ނަޒްލާ ރަފީޤް ވަނީ ފާހަގަކުރައްވާފަ އެވެ. އަދި އެންމެ ގިނަ ބަޔަކު ރާއްޖޭގައި ޕޮޒިޓިވް ވާނެ ކަމަށް ބެލެވެނީ ބަލި ފުރަތަމަ ފެތުރޭތާ 47 ވަނަ ދުވަހު ކަމަށްވެސް ޑރ. ނަޒްލާ ފާހަގަ ކުރައްވާފައި ވެއެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)