އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 07/04/2020

ކޯވިޑް-19: ދޮގު މައުލޫމާތު ފަތުރާ ފަރާތްތައް ރިޕޯޓުކުރުމަށް އެޗްޕީއޭއިން އެދިއްޖެ

އެޗްޕީއޭއިން މިއަދު ކުރި ޓްވީޓެއްގައި ބުނީ ވަގުތުން ވަގުތަށް ސައްހަ ހަބަރު ފޯރުކޮށްދިނުމަކީ ކޯވިޑް-19 އާއި ދެކޮޅަށް ކުރެވޭނެ އެންމެ މުހިންމު އެއް މަސައްކަތް ކަމަށެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 07/04/2020

HPA
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޯވިޑް-19 އާއި ގުޅޭގޮތުން މީސްމީޑިޔާގައި ދޮގު މައުލޫމާތު ފަތުރާ ފަރާތްތައް ރިޕޯޓު ކޮށްދިނުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުންގެ ކިބައިން އެދިއްޖެ އެވެ.

އެޗްޕީއޭއިން މިއަދު ކުރި ޓްވީޓެއްގައި ބުނީ ވަގުތުން ވަގުތަށް ސައްހަ ހަބަރު ފޯރުކޮށްދިނުމަކީ ކޯވިޑް-19 އާއި ދެކޮޅަށް ކުރެވޭނެ އެންމެ މުހިންމު އެއް މަސައްކަތް ކަމަށެވެ.

އަދި ދޮގު މައުލޫމާތެއް ފަތުރާ ފަރާތެއް އެނގިއްޖެނަމަ ލަސްނުކޮށް އެޗްޕީއޭގެ މެއިލް report@health.gov.mv ރިޕޯޓުކުރުމަށްވެސް ވަނީ އެދިފަ އެވެ. އަދި ރިޕޯޓުކުރާ އިރު ތިރީގައިވާ ކަންކަން ހިމެނުމަށް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ.

 ފެތުރެމުންދާ ދޮގު މައުލޫމާތުގެ ސްކްރީން ޝޮޓް
 ދޮގު މައުލޫމާތު ފަތުރާފައިވާ ވަސީލަތް
 އަދި ލިބޭނަމަ އެ މައުލޫމާތެއް ހޯދޭނޭ ސީދާ ލިންކެއް

ރާއްޖޭއިންވެސް ކޯވިޑް-19 ގެ 19  ކޭސް މިހާތަނަށް ވަނީ ފެނިފަ އެވެ. އަދި އޭގެތެރެއިން 4 މީހެއް ފިޔަވައި އެންމެން ވަނީ ބަލިން ރަނގަޅުވެފަ އެވެ. ބައްޔަށް ފަރުވާ ކުރަމުންދަނީ 4 ދިއްސެކެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ