ދެވަނަ ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިއުލާނުކޮށްފިއެވެ.
އެޗްޕީއޭ އިން ބުނެފައިވަނީ ޔޫކޭ އިން އައި ދިވެއްސެއް ޕޮޒިޓިވް ވެއްޖެ ކަމަށާއި މިމީހާ މިވަގުތު ކަރަންޓީން ކުރެވިފައިވަނީ ރޮޔަލް އައިލޭންޑް ރިސޯޓުގައި ކަމަށެވެ.
Sample taken from a Maldivian national who arrived from UK and is quarantined in Royal Island Resort Quarantine facility has tested POSITIVE for #COVID19.
— Health Protection Agency (@HPA_MV) March 29, 2020
މިއާއެކު ރާއްޖޭގައި މިހާތަނަށް 17 މީހަކު މިބައްޔަށް ވަނީ ޕޮޒިޓިވް ވެފައެވެ. އަދި މީގެ ތެރެއިން 11 މީހުން ބަލިން ރަނގަޅުވެފައިވާއިރު 2 މީހުން ވަނީ ރާއްޖެ ދޫކޮށް ގޮސްފައެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)