ދަރުމަވަންތަ ހޮސްޕިޓަލްގައި ކޮވިޑް-19 އަށް ޕޮޒިޓިވް ވި ދެމީހުން މިހާރު އެބައްޔަށް ނެގަޓިވް ވެއްޖެ ކަމަށް ހެލްތު މިނިސްޓަރ އަމީން ވިދާޅުވެއްޖެއެވެ.
ކޯވިޑް-19އަށް ޕޮޒިޓިވްވި ދެމަފިރިންގެ ޓެސްޓްތައްވެސް މިހާރު ނެގެޓިވްކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.
މި ދެ މީހުން ބައްޔަށް ނެގަޓިވް ވެފައިވާ ކަމަށް ނިންމުނީ ދެ ފަހަރަށް ޓެސްޓު ކުރުމަށް ފަހުގައި ކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
ކޮވިޑް-19 އިން ފަސޭހަވެފައިވާ ދެ މީހުންނަކީ ސޭންޑީސް ބަތަލާ މޯލްޑިވްސް ރިސޯޓުގައި ޗުއްޓީ ހޭދަ ކުރަމުން ދަނިކޮށް ޕޮޒިޓިވްވި ދެ މީހުންނެވެ. އެ ދެ މީހުންނަކީ އިޓަލީއަށް ނިސްބަތްވާ އުމުރުން ދުވަސްވީ ދެމަފިރިންނެވެ. ދެ މީހުން ވެސް މިހާރު ތިބީ ދަރުމަވަންތަ ހޮސްޕިޓަލްގަ އެވެ.
މިނިސްޓަރ ވިދާޅުވީ އެ ދެ މީހުންގެ ޓެސްޓްތަކުން މިހާރު ދައްކަނީ ނެގެޓިވްކޮށް ކަމަށާއި، އެކަމަކު އެ މީހުން މުޅިން ދޫކޮށްލާނީ އަދި އެއްފަހަރު ޓެސްޓްތައް ހެދުމަށްފަހުގައި ކަމަށެވެ.
އައޖީއެމްއެޗްގެ ޑރ މޫސާ ވިދާޅުވީ މިއަދު ކޯވިޑް-19އިން ރަނގަޅުވި ދެމީހުންގެ ތެރެއިން ހާލުބޮޑުވި މީހާއަށް ދިމާވީ ޑަބްލިޔުއެޗްއޯގެ މިންގަނޑަށް ބަލާއިރު ސިވިއާ ނިއުމޯނިޔާ ކަމަށެވެ. އެގޮތުން 70 އަހަރުން މަތީގެ މީހާގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، އެޑްމިޓްކުރިތާ ފަސްވަނަ ދުވަހު ކިރިޔާ ވެސް ރަނގަޅުވެފައިވާ ކަމަށް ވަނީ ވިދާޅުވެފަ އެވެ. އަދި އިއްޔެ އާއި މިއަދު ހެދި ޓެސްޓް ނެގަޓިވްވެފައިވުމުން މާދަމާ އޭނާ ޑިސްޗާޖް ކުރަން ނިންމާފައިވާކަމަށް މޫސާވަނީ ވިދާޅުވެފައެވެ.
އެކަމަކު އޭނާ ދެ ހަފްތާއަށް އައިސޮލޭޝަނަށް ދާނޭކަމަށް މޫސާވަނީ ވިދާޅުވެފަ އެވެ.
ޑރ. މޫސާ ވިދާޅުވިގޮތުގައި ނިމިގެންމިދިޔައީ އައިޖީއެމްއެޗްގެ ނަރުހުންނާއި ޑޮކްޓަރުންގެ މަސައްކަތް ކަމަށެވެ. އަދި މިއީ ވަރަށް ބުރަކަމެއްކަމަށް ޑރ. މޫސާވަނީ ވިދާޅުވެފައެވެ.
މިނިސްޓަރ އަމީން އިތުރަށް ވިދާޅުވިގޮތުގައި ރާއްޖެއިން ކޯވިޑް-19އަށް މިހާތަނަށް ޕޮޒިޓިވްވި 13 މީހުންގެ ތެރެއިން އިތުރުބަޔަކު ބަލިން ރަނަގޅުވާނޭކަމުގެ އުއްމީދު މިހާރުވަނީ ލިބިފައެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)