ކޯވިޑް-19އަށް އިތުރު 2 މީހުން ޕޮޒިޓިވްވެއްޖެ އެވެ.
މި ދެ މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވުމާއެކު މިހާރު ރާއްޖެއިން ވަނީ ކޯވިޑް-19ގެ 13 ކޭސް ފެނިފައެވެ.
ކޯވިޑް-19އިން އެންމެ ފަހުން ޕޮޒިޓިވްވެފައިވަނީ ސަފާރީއެއްގައި ތިބި ދެމީހުންކަމަށް ސްޕޯކްސްޕާރސަން މަބްރޫކް އަޒީޒް ވަނީ ވިދާޅުވެފަ އެވެ. މި ދެމީހުންނަކީ ދެމަފިރިންކަމަށްވެސް ވަނީ ވިދާޅުވެފަ އެވެ.
އަދި ނޫސްވެރިއެއްގެ ސުވާލަކަށް ޖަވާބުދެއްވަމުން މަބްރޫކް ވިދާޅުވެފައިވަނީ އެ ސަފާރީ މިވަގުތު ވީ ފުވައްމުލަކު ސަރަހައްދުގައި ކަމަށެވެ.
ކޯވިޑް-19 އަށް މިއަދުވަނީ އަނަންތަރާގައި ހުރި މީހަކުވެސް ޕޮޒިޓިވްވެފައެވެ.
މިހާތަނަށް ކޯވިޑް-19 ފެނިފައިވަނީ ރާއްޖޭގެ ރިސޯޓުތަކުންނެވެ. އަދި އެކަމާއި ގުޅިގެން ރިސޯޓުތަކުގައި މަސައްކަތްކުރައްވާ މުވައްޒަފުންގެ ފަރާތުންވެސް ވައިރަސްގެ އަލާމާތެއް ފެނިއްޖެނަމަ 1676އަށް ގުޅައި އެކަމާއި ގުޅޭގޮތުން އެހީ ހޯދުމަށް މަބްރޫކްވަނީ އެދިލައްވާފައެވެ.
މީގެއިތުރުން އަޑުއިވުމުގެ މައްސަލަ ހުންނަ ފަރާތްތަކަށް އެސްއެމްއެސްގެ ޒަރިއްޔާއިންވެސް މައުލޫމާތު ހޯދޭނެކަމަށް މަބްރޫކްވަނީ ވިދާޅުވެފަ އެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)