އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 13/03/2020

ބ. ފެހެންދޫގައި ހުރި ޓޫރިސްޓެއްގެ ގައިން ކޯވިޑް-19އަށް ޝައްކުކުރެވޭ އަލާމާތްތައް ފެނިއްޖެ

މިވާހަކަ ސްޕޯކްސްޕަރސަން މަބްރޫކް އިއުލާން ކުރައްވާފައިވަނީ މިރޭގެ ޕްރެސް ކޮންފަރެންސް ގައެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 13/03/2020

COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ބ. އަތޮޅު ފެހެންދޫގައި ހުރި ގެސްޓްހައުސެއްގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިއެއްގެ ގައިން ކޯވިޑް-19އަށް ޝައްކުކުރެވޭ އަލާމާތްތައް ފެނިފައިވާކަމަށް ހެލްތުން ދެންމެ ބުނެފި އެވެ.

ފެހެންދޫއިން ކޯވިޑް-19އަށް ޝައްކުކުރެވޭ މީހަކު ފެނުމާއި ގުޅިގެން އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާކަމަށް ސްޕޯކްސްޕާރސަން މަބްރޫކް އަޒީޒްވަނި ވިދާޅުވެފައެވެ.

އަދި ހެލްތް އޮފިޝަލުންގެ ހާއްސަ ޓީމެއް މިހާރު އެރަށަށް ދަތުރުކުރަމުން ދާކަމަށް މަބްރޫކް ވަނީ ވިދާޅުވެފައެވެ.

ރާއްޖެއިން މިއަދުވަނީ އިތުރު މީހަކުވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ. މިއަދު ޕޮޒިޓިވްވި މީހަކީ އަނަންތަރާ ރިސޯޓުގައި ހުރި މީހެއްކަމަށް މަބްރޫކްވަނީ ވިދާޅުވެފައެވެ. އަދި އެކަމާއި ގުޅިގެން އިތުރު 12 މީހަކު އައިސޮލޭޓް ކޮށްފައިވާކަމަށް މަބްރޫކްވަނީ ވިދާޅުވެފައެވެ. 

މީގެއިތުރުން ސިކްސް ސެންސް ލާމުން 4 މީހަކު އައިސޮލޭޓް ކޮށްފައިވާކަމަށްވެސް މަބްރޫކްވަނީ ވިދާޅުވެފައެވެ. މި ހަތަރު މީހުން އައިސޮލޭޓް ކޮށްފައިވަނީ އެމީހުން ނިސްބަތްވާ ޤައުމުގައި އޮތް ކައިވެނި ޕާޓީއަކަށް ދިއުމުން ކަމަށްވަނީ ބުނެފައެވެ.

އަދި އެމީހުން ނިސްބަތްވާ ޤައުމުން ޕާޓިއަށް ދިޔަ އެހެން މީހެއް ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ ކަމަށް މަބްރޫކްވަނި ވިދަޅުވެފައެވެ.

ރާއްޖެއިން މިހާރު ކޯވިޑް-19 އާއި ގުޅިގެން މޮނީޓަރކުރަމުންދާ ތަންތަނަކީ:

•  ބ ފެހެންދޫ – 1 އަލާމާތްތައް ފެނިފައި
• ސިކްސް ސެންސް ލާމް – 4 އައިސޮލޭޓް
• އަނަންތަރާ ދިގު- 1 ޕޮޒިޓިވް، 12 އައިސޮލޭޓް
• ކުރެއްދޫ 490 ފަތުރުވެރިން – އެގްޒިޓް ސްކްރީނިން
• ސަފާރީއެއް -  2 އަލާމަތްތައް ފެނިފައި، ސަފާރީގައި ވަކިން އައިސޮލޭޓްވެފައި
• އޮޅުވެލި ބީޗު – 2 އަލާމާތް ފެނިފައި
• ކުރަމަތި ބީޗު-  1 ނެގަޓިވް – އިތުރު ޓެސްޓް ހަދަނީ

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ