ކޮވިޑް-19: ސްކޫލްތަކުގެ ބަންދު އިތުރުކުރުމަށް އެދި ބެލެނިވެރިންނާއި ބައެއް ސިއްހީއެހީތެރިން ކަންބޮޑުވުން ފާޅުކުރަން ފަށައިފި
ރާއްޖެއިން ކޮރޯނާވައިރަސް ފެނުމާއި ގުޅިގެން މިހާރު ކުރިއަށްދާ ފުރަތަމަ ޓާރމްގެ އެއް ހަފްތާ ބަންދު އިތުރުކޮށްދިނުމަށް އެދި ގިނަ ބެލެނިވެރިންތަކެއް ކަންބޮޑުވުންފާޅުކުރަން ފަށައިފި އެވެ.
ކޮރޯނާވައިރަހަށް ޝައްކުކުރެވޭ މީހަކު އެންމެފުރަތަމަ ފެނުނު ހިސާބުންވެސް ބެލެނިވެރިން ވަނީ ސްކޫލްތައް މިދުވަސްވަރު ބަންދުކޮށްދިނުމަށް އެދި ކަންބޮޑުވުންފާޅުކޮށްފައެވެ. އަދި ރާއްޖެއިން ކޮވިޑް-19 ފެނުމާއެކު ބެލެނިވެރިންގެ މި ކަންބޮޑުވުންތައްވަނީ އިތުރުވެފައެވެ.
މީގެއިތުރުން ރާއްޖޭގެ މަޝްހޫރު ކުޑަކުދިންގެ ޑޮކްޓަރު އަބްދުﷲ ނިޔާފްވެސް ވަނީ މިދުވަސްވަރު ރާއްޖޭގެ ސްކޫލްތައް ބަންދުކުރުން މުހިއްމުކަމަށް ދެކޭކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖޭގެ ގިނަ ޑޮކްޓަރުންތަކެއް ހިއްސާވެގެން ހިންގާ މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަނުން ވެސް ވަނީ ކޮވިޑް-19 އާއި ގުޅިގެން ވަގުތީގޮތުން ސްކޫލްފަދަ އާއްމު އެއްވުންތަކުން ދުރުވުމަށް އެދިފައެވެ.
We MMA highly recommend to Temporarily HALT any form of public gathering including schools as a containment step of the current COVID 19 viral outbreaks.@HPA_MV @MoHmv @MoEdumv @presidencymv
— Maldivian Medical Association (MMA) (@mma_mv) March 10, 2020
ސްކޫލްތައް ބަންދުކުރުމަށް ގިނަ ބަޔަކު އެދެމުންދިޔަ ނަމަވެސް ސްޕޯކްސްޕާސަން މަބްރޫކް އަޒީޒް ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އެއްވެސް ސްކޫލެއް ބަންދުކުރަންޖެހޭ އެއްވެސް ހާލަތެއް އަދި ނެތްކަމަށް ވިދާޅުވެފައެވެ.
އަދި ކޮވިޑް-19 އަށް ޕޮޒިޓިވްވި އިޓަލީމީހާ ޔުނިވާރސަލް އޮފީހަށް ދިޔަފަހުން އެތަނުން ކޮވިޑް-19ގެ އަލާމާތްތައް ފެނުނު ޔުނިވާރސަލްގެ މުވައްޒަފު ޕޮޒިޓިވްވީ ނަމަވެސް މާލޭގެ ސްކޫލްތައް ބަންދުކުރަންޖެހޭނެ ކަމަށެވެ.
ކޮވިޑް-19އަށް މިހާތަނަށްވަނީ 6 މީހަކު ޕޮޒިޓިވްވެފައެވެ. އަދި އެ އެންމެންގެ ވެސް ހާލު ރަނގަޅުކަމަށް ހެލްތު މިނިސްޓްރީއިން ވަނީ ބުނެފައެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)