އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ފާތިމަތު އުލާ ޝާއިޢު ކުރީ 10/03/2020

ކޮރޯނާވައިރަސް މުޅި ދުނިޔެއަށް ފެތުރުމުގެ ފުރުސަތު އެބައޮތް

100 އަށް ވުރެ ގިނަ ގައުމަކަށް މިހާރު ފެތުރިފައިވާއިރު 111،000 އަށްވުރެ ގިނަ މީހުންނަށް ވަނީ މި ވައިރަސް ޖެހިފައެވެ.
Fathimath Ula Avatar
ފާތިމަތު އުލާ

ޝާއިޢު ކުރީ: 10/03/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޮރޯނާވައިރަސް ބާރުމިނެއްގައި ފެތުރެމުންގޮސް، އޭޝިއާ، ޔޫރޮޕް، މިޑިލް އީސްޓް އަދި ޔުނައިޓަޑް ސްޓޭޓްސް ގެ އެކި ހިސާބުތަކުން ފެންނަމުންދާއިރު މުޅި ދުނިއަށް ފެތުރުމުގު ފުރުސަތު އޮތް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ޑިރެކްޓާ ޖެނެރަލް ޑރ. ޓެޑްރޮސް އަދަނޮމް ގެބްރޭސަސް ބުނެފިއެވެ. 

ޗައިނާގައި މި ވައިރަސް ފެތުރެމުންދާ މިންވަރު ޑިސެމްބަރއިން ފެށިގެން މަޑުވަމުންދާއިރު، ދުނިޔޭގެ އެހެން ހިސާބު ތަކުގައި ފެތުރެމުންދާ މިންވަރު ދަނީ އިތުރުވަމުންނެވެ. 100 އަށް ވުރެ ގިނަ ގައުމަކަށް މިހާރު ފެތުރިފައިވާއިރު 111،000 އަށްވުރެ ގިނަ މީހުންނަށް ވަނީ މި ވައިރަސް ޖެހިފައެވެ. ކޮރެއާގައި 7،500 މީހުންނަށް ވައިރަސް ޖެހިފައިވާއިރު އިޓަލީ އަދި އީރާންގައި މިހާރު 7،000 އަށް ވުރެ ގިނަ މީހުންނަށް ވަނީ ވައިރަސް ޖެހިފައެވެ. އަދި ޔޫއެސްގައި ތަފާތު 30 ހިސާބެއްގައި 560 މީހުންނަށް ވަނީ ވައިރަސްޖެހިފައެވެ.

ޗައިނާއާއި ސިންގަޕޯއިން މިހާރު މި ވައިރަސް ކޮންޓެއިން ކޮށްފައިވިނަމަވެސް އެހެން ގައުމުތަކަށް ފެތުރެމުން ދިއުމުން މި ވައިރަސް އަކީ ޕެންޑެމިކްއެއް ކަމަށް ނުވަތަ މި ވައިރަސް މުޅި ދުނިޔެއަށް ފެތުރުމުގެ ފުރުސަތު އޮތް ކަމަށް ޑަބްލިއުއެޗްއޯއިން ނިންމަން ވަނީ ކައިރިވެފައިވާ ކަމަށް ބުނެފައިވެއެވެ.

މީގެ ދެ ހަފްތާ ކުރިން މި ވައިރަސް ފެތުރިފައިވާ ގައުމުތަކުގެ އަދަދީ 30. މިހާރު 100 އަށް ވުރެ ގިނަ.

 

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެމަޖެންސީ ޕްރޮގްރާމްގެ އެގްޒެކެޓިވް ޑިރެކްޓަރ މައިކް ރަޔަން ބުނެފައިވަނީ މިހާރު 100 ގައުމަކަށް މި ވައިރަސް ފެތުރި، ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު 100،000 އިން މައްޗަށް އެރުމުން ވިސްނާލަން ޖެހޭކަމަކީ މީގެ ދެ ހަފްތާ ކުރިން މި ވައިރަސް ފެތުރިފައިވާ ގައުމުތަކުގެ އަދަދީ 30 ކަމަށެވެ.

އަދި މި ވައިރަސް ކޮންޓްރޯލް ކުރެވިފައިވަނީ ބައެއް ގައުމުތަކުގައި ކަމަށާއި، ޗައިނާ އިން ވައިރަސް ޖެހިފައިވާ 80،000 މީހުންގެ ތެރެއިން 70% އަކީ މިހާރު ރަނގަޅުވެގެން ހޮސްޕިޓަލްއިން ދޫކޮށްލާފައިވާ މީހުން ކަމަށްވެސް ބުނެފައިވެއެވެ. މި ވައިރަސް ޖެހުމުގެ ފުރުސަތު ކޮންމެ މީހަކަށްވެސް ވާއިރު ޑަބްލިއުއެޗްއޯއިން ބުނެފައިވަނީ މަރުވުމުގެ ފުރުސަތު ބޮޑުވަނީ ހިތުގެ ބަލި، ނޭވާލާ ނިޒާމުގެ ބަލިތައް، ކެންސާ އަދި ހަކުރުބަލި ފަދަ ބަލިތައް ހުންނަ މީހުންކަމަށެވެ. އެހެންނަމަވެސް މި ވައިރަސް ޖެހިގެން މަރުވާނީ ހަމައެކަނި އެމުރުން ދުވަސްވީ މީހުން ނޫންކަން ވިސަނަން ޖެހޭ ކަމަށްވެސް ބުނެފައިވެއެވެ. 

ޗައިނާއިން އެ ގައުމުގައި ވައިރަސް ފެތުރެމުންދިޔަ މިންވަރު ކޮންޓްރޯލް ކޮށްފައިވާ ގޮތާއި، ސިންގަޕޯއިން މި ވައިރަސް ފެތުރުން ހުއްޓުވާފައިވާ ގޮތް މައިކް ރަޔަން ފާހަގަ ކޮށްފައިވެއެވެ. އަދި އެ ގައުމެއްގައި ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަކީ އެ ގައުމުގެ ލީޑަރުންގެ މަސައްކަތް ކަމަށްވެސް ބުނެފައިވެއެވެ. 

ޑަބްލިއުއެޗްއޯގެ އެމެޖެންސީ ޕްރޮގްރާމެ ގެ ޓެކްނިކަލް ލީޑް ކަމަށް ޑރ. މާރިއާ ބުނެފައިވަނީ ގިނަ ގައުމުތަކުގައި މި ކަންތައް ގޯސްވާނެ ކަމަށާއި ރަނގަޅު ވާނީ ގޯސްވެފައިކަމަށެވެ. މި ވައިރަސް ޖެހިފައިވާ މީހުންގެ ތެރެއިން 93% މީހުންވަނީ ޗައިނާ، ކޮރެއާ، އިޓަލީ އަދި އިރާންގައި ކަމަށާއި، ގާތްގަނޑަކަށް 80 ގައުމުގައި ކޮންމެ ގައުމެއްގައި 100 އަށް ވުރެ މަދު ކޭސްވާކަމަށްވެސް ބުންޏެވެ. 

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ