އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 09/03/2020

ކޮރޯނާވައިރަސް- އިހްމާލުވާ މީހުންނާއި މެދު ސަރުކާރުން ފިޔަވަޅު އަޅާނަން: މަބްރޫކް

މިރޭ ބޭއްވުނު ޕްރެސް ކޮންފަރެންސްގެ ތެރެއިން
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 09/03/2020

COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ރާއްޖޭގައި ޕޮޒިޓިވްވާ ކޮވިޑް-19ގެ ކޭސްތަކާއި އަދި އެހެންކަމާއި ގުޅޭގޮތުން ފިޔަވަޅު އަޅަމުން ގެންދާނޭކަމަށް ކޮވިޑް-19ގެ މައުލޫމާތު ދިނުމަށް ހާއްސަ ސްޕޯކްސް ޕާރސަން މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.

މަބްރޫކް މިހެން ވިދާޅުވެފައިވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވި އިޓަލީގެ ފަތުރުވެރިޔާ ބަލިވެ ހުއްޓާ ފުރުވާލި މައްސަލައިގެ ޖިނާއީ ތަހުގީގެއްކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ފުލުހުންގެ ކިބައިން އެދެފައިވަނި ކޮށެވެ.

އިޓަލީގެ ފަތުރުވެރިޔާ ޤައުމަށް ފޮނުވާލި މައްސަލަ ތަހްގީގްކުރަމުން އަންނަކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުވެސް ވަނީ ވިދަޅުވެފައެވެ.

އިޓަލީގެ މިފަތުރުވެރިޔާ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވަނީ ރާއްޖެއިން ކޮވިޑް-19 އަށް އެންމެ ފުރަތަމަ ޕޮޒިޓިވް ވި ދެ މުވައްޒަފުން މަސައްކަތްކުރަމުންދިޔަ ޅ. ކުރެއްދޫ ރިސޯޓުގައެވެ. އަދި އެ މީހާ ރިސޯޓުގައި ހުރި އިރުވެސް، ބަލީގެ އަލާމާތްތައް ހުރި ކަމަށާއި، ނަމަވެސް އެކަން ރިޕޯޓުކޮށްފައިނުވާ ކަމުގެ ތުހުމަތުތައް ދަނީ ކުރެވެމުންނެވެ. އޭގެ ފަހުން، އޭނާ ފުރުމުގެ ކުރިން މާލޭގައިވެސް ދެ ދުވަހު ހުރިކަމަށް މިއަދު ސާރުކާރުން ވަނީ ހާމަކޮށްފަ އެވެ.

އޭނާ މަޑުކޮށްގެން ހުރި މާގިރި ހޮޓެލްގެ 15 މީހަކާ އެ ޓޫރިސްޓް ކޮންޓެކްޓްވި އެވެ. އެ އެންމެން ވެސް އެކަހެރިކޮށްފައިވާއިރު އެއިން މީހެއްގެ ފަރާތުން އަދި އަލާމާތެއް ނުފެނެ އެވެ. ނަމަވެސް އެ ޓޫރިސްޓް، ޓިކެޓް ގަތް ޔުނިވާސަލްގެ ޓިކެޓް އޮފީހުގެ މުވައްޒަފެއްގެ ފަރާތުން އަލާމާތްތައް ފެންނާތީ މިހާރު އޭނާ ކަރަންޓީނު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އޭނާ ކަރަންޓީނުކޮށް ސާންޕަލްތައް މިއަދުގެ ވަގުތެއް ނެގުމަށް ވަނީ ހަމަޖެހިފަ އެވެ. އޭނާ ކަރަންޓީނު ކުރަނީ ފަރުކޮޅުފުށީގަ އެވެ.

ނޮވެލް ކޮރޯނާވައިރަސް ދުނިޔޭގެ 112 ގައުމަކަށް ފެތުރިފައިވާއިރު 111،000 މީހުން ބައްޔަށް ޕޮޒިޓިވް ވެ 3،800 މީހުން ވަނީ މަރުވެފައެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ