3800 އަށް ވުރެ ގިނަ މީހުން ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން މަރުވެފައިވާއިރު، މި ވައިރަސް އާއި ދެކޮޅަށް މަސައްކަތްކުރުމުގެ ފުރުސަތު އޮތް ބޭހެއްވާކަމަށް ހޯދުންތަކުން ދައްކައިފިއެވެ. ކެމޮސްޓެޓް މެސީލޭޓް ނަމަކަށް ކިޔާ މި ބޭހަކީ ޖަޕާނުގައި ޕެންކްރިއެޓިކް އިންފްލެމޭޝަން އަށް ބޭނުންކުރާ ބޭހެކެވެ.
ޖަނަވާރުންގައިން އިންސާނުންގެ ގަޔަށް އަރާފައިވާ މިވައިރަސްއަށް ކިޔަނީ އެސްއޭއާރއެސް ކޮރޯނާވައިރަސް-2 ނުވަތަ (SARS-CoV-2) އެވެ. މި ވައިރަސްގެ ސަބަބުން ކުރިމަތިވަމުންދާ ނޭވާލާ ނިޒާމުގެ ބައްޔަށް ކިޔަނީ ކޮވިޑް-19 އެވެ.
ދިރާސާގެ ލީޑް އޯތަރ މާކަސް ހޮފްމެން ބުނެފައިވަނީ މި ވައިރަސް ފުއްޕާމެއަށް ވަނަނުދިމަށް ހެދި ޓެސްޓުތަކުން ދައްކާގޮތުގައި މި ބޭސް ބޭނުން ކުރުމުން ވައިރަސް ފުއްޕާމެއަށް ވަނަ ނުދޭކަމަށެވެ.
ޖަރނަލް ސެލް ގައި ޝާއިއުކޮށްފައިވާ މި ދިރާސާ ހެދުމުގެ ގޮތުން އިތުރު ހޯދުންތަކެއް ހޯދާފައިވެއެވެ. އެގޮތުން، މި ވައިރަސް ހަށިގަނޑުގައި ސެލްތަކަށް ވަންނަނީ ކިހިނެއްކަމާއި، މި ވައިރަސް ސެލް ތަކަށް ވަނަ ނުދޭނީ ކިހިނެއްކަން ބަލާފައިވެއެވެ. މި ހޯދުންތަކުން ދައްކާގޮތުގައި މި ވައިރަސް ފުއްޕާމެއަށްވަނުމަށް ހަށިގަނޑުގައިވާ ސެލިއުލާ ޕްރޮޓީންއެއް ބޭނުންވެއެވެ.
މި ވައިރަސްއަށް އެއްވެސް ވެކްސިންއެއް ނުވަތަ ބޭހެއް އުފެއްދިފައިނުވާއިރު، ކެމޮސްޓެޓް މެސީލޭޓް ބޭނުންކުރުމުން މި ވައިރަސް ހުއްޓުވައިދޭތޯ ވަނީ ބަލާފައެވެ. މާކަސް ހޮފްމެން ބުނެފައިވަނީ މި ހޯދުންތަކުން ދައްކާފައިވާ ގޮތުގައި ކެމޮސްޓެޓް މެސީލޭޓް ބޭނުންކުރުމުން ކޮރޯނާވައިރަސް އިން ސަލާމަތް ވެދާނެކަމަށާއި، ކްލިނިކަލް ޓްރައިލް (އިންސާނުންނަށް ޓެސްޓުކުރުން) ތަކުގައި އިތުރަށް ދިރާސާ ކުރަން ޖެހޭ ކަމަށެވެ.
މިހާރު ކޮރޯނާވައިރަސް ޖެހިފައިވާ މީހުންގެ އަދަދު ވަނީ 110،000 އަށް އަރާފައެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)