ރާއްޖޭގައި އިތުރު ދެ މީހަކު ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ނޮވެލް ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވް ވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން އިއުލާނުކޮށްފިއެވެ.
އެޗްޕީއޭ އިން ބުނެފައިވަނީ ސެންޑީޒް ބަތަލާ ރިސޯޓުން ވައިރަސްއަށް ޓެސްޓު ކުރި 3 ބިދޭސީންގެ ތެރެއިން ދެ މީހެއްގެ ނަތީޖާ ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
ސެންޑީޒް ބަތަލާ ރިސޯޓުން ކޯވިޑް-19އަށް ޓެސްޓުކުރި 3 ބިދޭސިންގެ ތެރޭން އެކަކުގެ ނަތީޖާ ނެގެޓިވް ވެފައިވާއިރު 2 މީހެއްގެ ނަތީޖާ ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައި.
— HPA Maldives (@HPA_MV) March 8, 2020
ޕޮޒިޓިވް ވި ފަރާތްތަކުގެ އިތުރު މައުލޫމާތެއް އެ އޭޖެންސީއިން ހާމަކޮށްފައެއް ނުވެއެވެ.
މިއާއެކު ރާއްޖެއިން 4 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. އެހެންނަމަވެސް އަދި ދިވެއްސަކު މިބައްޔަށް ޕޮޒިޓިވް އެއް ނުވެއެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)