މިއީ ކޮވިޑް-19 އާއި ބެހޭގޮތުން ބޭޒާރުވެފައިވާ ބައެއް ފުލޯކު ވާހަކަތައް
ނުރައްކާތެރި ވައިރަސްގެ އާއިލާއަކަށް ނިސްބަތްވާ ނޮވެލް ކޮރޯނާވައިރަސް (ކޮވިޑް-19) ޗައިނާއަށް އުފަންވި ނަމަވެސް އޭގެ ހާލި މިހާރުވަނީ މުޅި ދުނިޔޭގައިވެސް ހަދާފަ އެވެ.
ފަސޭހައިން ފެތުރޭ މި ކުޑަކުޑަ ވައިރަހުން ސަލާމަތްވާނެ ގޮތެއް ހޯދުމަށް ސައިންޓިސްޓުން ވެސް ދަނީ ރެއާދުވާލު ހޭބޯނާރާ މަސައްކަތް ކުރަމުންނެވެ.
ސައިންޓިސްޓުންގެ އިތުރުން އެކި މީހުންވެސް ދަނީ ކޮވިޑް-19 އިން ސަލާމަތްވެވޭނެ ގޮތްތަކުގެ އެކި ތަފާތު އިރުޝާދުދެމުންނެވެ. މީގެތެރެއިން އަތްދޮވުން ފަދަ ބައެއް އިރުޝާދުތަށް ހަގީގަތަކަށް ވިނަމަވެސް ގިނަ ވާހަކަތައް ވެފައިވަނީ ދެކޮޅުނުޖެހޭ ފުލޯކު ވާހަކަތަކަކަށެވެ.
މިލިޔުމުގައި ގެނެސްދީފައިވަނީ އޭގެ ތެރެއިން ބައެއް ވާހަކަތަކެވެ. މީގެ ދެވަނަ ބައި ކިޔާލާ!
އިންސާނާގެ ހަންގަނޑަށް ކްލޮރިން ނޫނީ ބަނގުރާ ސްޕްރޭކުރުމުން ހަށިގަނޑުގައި ހުންނަ މިފަދަ ވައިރަސްތައް މަރާލާ
އިންސާނާގެ ހަންގަނޑަކީ ވަރަށްވެސް ނާޒުކު ގުނަވަނެކެވެ. އެހެންކަމުން އިންސާނާގެ ހަންގަނޑުގައި ބަނގުރާ ނުވަތަ ކްލޮރިން އުނގުޅުމަކީ އޭގެ ސަބަބުން ހަންގަނޑަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނޭ ކަމެކެވެ. ހާއްސަކޮށް މިފަދައިން ސްޕްރޭކުރާއިރު އަނގަ ނުވަތަ ލޮލަށް ގޮސްފިނަމަ ކޮންމެފަދަ ގެއްލުމެއްވެސް ލިބިދާނެ އެވެ.
އަދި މިއީ އިންސާނުންގެ ހަށިގަނޑުން ވައިރަސް މަރާލާ ޕްރޮޑަކްޓެއް ނޫންކަމަށް ސިއްހީ މާހިރުންވެސް ވަނީ ބުނެފަ އެވެ.
ކޮވިޑް-19ގެ ނުރައްކާ އޮތީ ހަމައެކަނި އުމުރުން ދުވަސްވީ މީހުންނަށާއި ކުޑަކުދިންނަށް
ދެހާހުގެ އަހަރުތަކުގެ ތެރޭގައި ފެތުރުނު ނުރައްކާތެރި ސާސްވައިރަހެކޭ އެއްގޮތަށް ކޮވިޑް-19 ވެސް ކޮންމެ އުމުރެއްގެ މީހަކަށްވެސް ޖެހިދާނެ އެވެ. އެހެންނަމަވެސް އުމުރުންދުވަސްވީ މީހުންނާއި ބޮޑެތި ބަލިތައް ތަހައްމަލްކުރަމުންދާ މީހުންނަށް ކޮވިޑް-19 ޖެހިއްޖެނަމަ ހާލަތު އިތުރަށް ގޯސްވުމުގެ ފުރުސަތު އޮވެއެވެ.
ކުޑަކުދިންނަށް ކޮވިޑް-19 އެއް ނުޖެހޭނެ
ކުރިންވެސް ބުނިހެން ކޮންމެ އުމުރެއްގެ މީހަކަށްވެސް ކޮވިޑް-19 ޖެހިދާނެ އެވެ. މިހާތަނަށް ގިނަ ކޭސްތައް ބޮޑެތި މީހުން ގައިން ފެނުމަކީ ކުޑަކުދިން މި ވައިރަހަށް އިމިއުންވުމެއް ނޫނެވެ. ހޯދުންތަކުން އެނގޭގޮތުގައި ކުޑަކުދިންނަށް މިވައިރަސް ޖެހުނު ނަމަވެސް ބޮޑެތި މީހުންގެ ގައިން އަލާމާތްތައް ފެންނަވަރަށްވުރެ ކުޑަކުދިންގެ ގައިން ފެންން އަލާމާތްތަކުގެ އަސަރުކުޑަވާނެ އެވެ.
ކޮވިޑް-19 ޖެހޭ އެންމެންވެސް މަރުވޭ
ކޮވިޑް-19 ޖެހޭ އެންމެވެސް މަރުވާކަމަށް ބުނާ ބުނުމަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކައެކެވެ. ސަބަބަކީ ކޮވިޑް-19 މިހާތަނަށް ޖެހުނު މީހުންގެ އަދަދާއި އަޅާބަލާއިރު މަރުވެފައިވަނީ ވަރަށްވެސް މަދު އިންސައްތަ އެކެވެ.
ޗައިނާގެ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަންއިން ދަދިފަހުން ބުނެފައިވާގޮތުގައި މިވައިރަސް ޖެހިފައިވާ މީހުންގެ 80.9 އިންސައްތަ މީހުންނަށް ވައިރަސް ޖެހިފައިވަނީ ވަރަށްވެސް ކުޑަކޮށެވެ.
ހޭންޑް ޑްރަޔާސް އިން ކޮރޯނާވައިރަސް މަރާލަދޭ
އަތް ހިއްކުމަށް ބޭނުންކުރާ ހޭންޑް ޑްރަޔާސް އަކީ ވައިރަސް މަރާލަދޭ އެއްޗެއް ނޫނެވެ. ނަމަވެސް ސައިބޯނި ލައިގެން ގިނަގިނައިން އަތްދޮވުމަކީ ވައިރަހުން ރައްކާތެރިކޮށްދޭނެ ކަމެކެވެ.
ކޮވިޑް-19 އަކީ ފްލޫ/އިންފްލުއެންޒާ އާ އެއްގޮތް އެއްޗެއް
މިބަލީގައިވެސް ފެންނަނީ ފްލޫގައިވެސް ފެންނަ އަލާމާތްތަކެވެ. އޭގެ ތެރޭގައި ގައިގައި ރިއްސުން، ހުން އައުން، އަދި ކެއްސުން ހިމެނެއެވެ. މީގެ އިތުރުން މި ދެ ބަލި ޖެހުމުން ވެސް ނިއުމޯނިއާ އަށް ބަދަލުވުމުގެ ފުރުސަތުވެސް އޮވެއެވެ.
އެހެންނަމަވެސް ކޮވިޑް-19 ސިއްހީ މާހިރުން ސިފަކޮށްފައިވަނީ މާ ނުރައްކާތެރި ބައްޔެއްގެ ގޮތުގައެވެ. ބަލި ޖެހޭ މީހުންގެ ތެރެއިން 1-3 އިންސައްތަ މީހުން ބަލީގެ ސަބަބުން މަރުވެއެވެ.
ކޮވިޑް-19 ގެ ސީދާ މަރުވާ ރޭޓު ސައިންސްވެރިންނަށް ހޯދިފައި ނެތް ނަމަވެސް ފްލޫ އާ އަޅާބަލާއިރު ކޮވިޑް-19 ގެ މަރު ރޭޓް އެތައް ގުނައެއް ބޮޑުވާނެއެވެ.
ބުޅާ އަދި ކުއްތާގެ ޒަރިއްޔާއިން ކޮރޯނާވައިރަސް ފެތުރޭ
މިހާތަނަށް ބުޅާ އަދި ކުއްތާގެ ޒަރިއްޔާއިން މިވައިރަސް އިންސާނުން ގަޔަށް ފެތުރޭކަމަށް އެދެވޭ ހެއްކެއް ފެނިފައެއް ނުވެއެވެ.
ހޮންގް ކޮންގް ގައި އިންސާނެއްގެ ގައިން ކުއްތާއަކަށް ވަނީ މިވައިރަސް އަރާފައެވެ. ނަމަވެސް ކުއްތާ އަދި ބުޅަލުގެ ޒަރިއްޔާއިން ވައިރަސް ފެތުރިދާނެ ކަމާމެދު ސައިންސްވެރިން ސުވާލު އުފައްދައެވެ.
ކޮރޯނާވައިރަސް އިން ރައްކާތެރިވުމަށް މޫނުގައި އަޅާ މާސްކް އެހީތެރިވެދޭ
ޕްރޮފެޝަނަލް މާސްކް ހަދާފައިވަނީ ސިއްހީ އެހީތެރިންނަށެވެ. އަދި އެ މާސްކް އަކީ އެމީހަކު ވައިރަސް އިން ރައްކާތެރިކޮށްދޭނެ އެއްޗެކެވެ.
ނަމަވެސް ގިނަ މީހުން ބޭނުން ކުރަމުން އަންނަ ޑިސްޕޯސަބަލް މާސްކްތަކުން މީހާ ވައިރަސްއިން ރައްކާތެރިކޮށްދޭ ކަމަށް ކަށަވަރުވެފައެއް ނުވެއެވެ. މިފަދަ މާސްކް އަކީ އިންސާނާގެ މޫނަށް ރަނގަޅަށް ފެތޭ މާސްކްއަކަށް ނުވެ، ފަސޭހައިން ވައިރަސް އަށް އެމާސްކް ތެރެއިން ދަތުރު ކުރެވޭނެއެވެ.
އެހެންނަމަވެސް ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި ކޮވިޑް-19 ފަދަ ނޭވާލާ ނިޒާމަށް ޖެހޭ ބައްޔަކަށް ޕޮޒިޓިވް ވެއްޖެނަމަ މިފަދަ މާސްކް އެޅުމުން އެހެން މީހުން ރައްކާތެރިކޮށްދޭނެއެވެ.
އާއްމު ރޯގާއަކީ ކޮރޯނާވައިރަސްގެ ބާވަތެއް
ކޮރޯނާވައިރަސް އަކީ ވައިރަސްގެ ބޮޑު އާއިލާއަކަށް ދީފައިވާ ނަމެކެވެ. މީގެ ތެރެއިން ބައެއް ވައިރަސްތައް އިންސާނުންގެ ހަށިގަނޑު ތެރެއަށް ވަނުމަށްފަހު އާއްމު ރޯގާ ބަލި ޖެހުމުގެ ފުރުސަތު އިތުރުކޮށްދެއެވެ. އަނެއްބައި ކޮރޯނާވައިރަސް (މިސާލަކަށް: ނޮވެލް ކޮރޯނާވައިރަސް، މެރސް، ސާސް) ގައި އިންސާނުންނަށް ވައިރަސް އަރާފައިވަނީ ޖަނަވާރުގެ ސަބަބުންނެވެ.
ވައިރަސް ފެތުރެނީ ބަލިވެފައިވާ މީހުއްހެ ކައިރީ 10 މިނިޓު ހުރުމުން
ބަލިޖެހިފައިވާ މީހެއް ކައިރީ ވަގުތު ގިނަ ކުރާ ވަރަކަށް ވައިރަސް ފެތުރުމުގެ ފުރުސަތު ބޮޑެވެ. އަދި 10 މިނިޓެއް ވުރެ އަވަހަށް ވައިރަސް ފެތުރުންވެސް އެކަށީގެންވެއެވެ.
ތާފަނާ ލޮނު ފެން (ސޭލިން) ބޭނުންކޮށްގެން ނޭފަތް ދޮވުމުން ކޮރޯނާވައިރަސް އިން ރައްކާތެރިވެވޭނެ
ސޭލިން ބޭނުންކުރުމުގެ ސަބަބުން ނޭވާލާ ނިޒާމަށް ޖެހޭ ބަލިތަކުން ރައްކާތެރިކޮށްދޭ ކަމުގެ އެއްވެސް ހެއްކެއް ނެތެވެ.
ދިރާސާތަކުން ދައްކަނީ ސޭލިން ބޭނުންކުރުމުން ބައެއް ނޭވާލާ ނިޒާމަށް ޖެހޭ ބަލިތަކުގެ އަލާމާތްތައް ލުއި ކޮށްދޭ ކަމަށެވެ. ނަމަވެސް އޭގެން ވައިރަސް ދުރުކޮށްދޭ ކަމުގެ ހެއްކެއް ނެތެވެ.
ބްލީޗް ބޭނުންކޮށްގެން ކަރު ދޮވުމުން ވައިރަސް އިން ރައްކާތެރިކޮށްދޭ
ބައްޔަކުން ރައްކާތެރިވުމުގެ ގޮތުން ބްލީޗް ބޭނުންކޮށްގެން ކަރު ދޮންނަން ޖެހޭ އެއްވެސް ހާލަތެއް ނޯންނާނެއެވެ. ބްލީޗް އަކީ ނުރައްކާތެރި ހަށިގަނޑަށް ގެއްލުން ހުރި މާއްދާއެކެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)