އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ފާތިމަތު އުލާ ޝާއިޢު ކުރީ 08/03/2020

މި 5 ކަމުގެ ސަބަބުން ކޮރޯނާވައިރަސް އިތުރަށް ފެތުރިދާނެ

ކޮރޯނާވައިރަސް އިން ރައްކާތެރިވުމުގެ ގޮތުން ކަންތައްކުރަންވީގޮތް ޔަގީން ނުވާނަމަ މި ވައިރަސް އެކަކު ގައިން އަނެކަކު ގަޔަށް ފެތުރުމުގެ ފުރުސަތު ބޮޑުވެދާނެއެވެ.
Fathimath Ula Avatar
ފާތިމަތު އުލާ

ޝާއިޢު ކުރީ: 08/03/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޮންމެ މީހަކަށް ވެސް އަމިއްލައަށް ކުރެވޭ ކަމަކުން ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމަށް އެހީތެރިވެވިދާނެއެވެ. ނަމަވެސް ކަންތައްކުރަންވީގޮތް ޔަގީން ނުވާނަމަ މި ވައިރަސް އެކަކު ގައިން އަނެކަކު ގަޔަށް ފެތުރުމުގެ ފުރުސަތު ބޮޑުވެދާނެއެވެ. ވައިރަސް އެންމެ ގެއްލުންބޮޑުވާނީ ދިފާއީ ނިޒާމް ބަލިކަށި މީހަކަށް މި ވައިރަސް ޖެހިއްޖެނަމައެވެ.

ތިރީގައި މިވަނީ މި ކަންތައްކުރުމުން ވައިރަސް ފެތުރުން އަވަސްވެދާނެ 5 ކަމެކެވެ.

ބަލިވެއްޖެނަމަ ކަރަންޓީން ނުވުން:

ކޮވިޑް 19 ހުރެއްޖެނަމަ ނުވަތަ މި ވައިރަސްގެ އަލާމާތްތަކުގެ ތެރެއިން ކެއްސުން، ހުންއައުން އަދި ކަރުގައި ރިއްސާނަމަ އަމިއްލައަށް ކަރަންޓީންވުމަށް އެމެރިކާގެ ސެންޓަރ ފޯރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ގަދަޔަށް ހުންއައިސް، ވަރުބަލިވެ ނޭވާލާން އުނދަގުވާނަމަ ވީހާވެސް އަވަހަކަށް އެހީ ހޯދުމަށް ސީޑީސީ އިން ބުނެފައިވެއެވެ.

މި ވައިރަސް ޖެހިފައިވާ މީހެއްގެ ގައިން އެހެން މީހުންގެ ގަޔަށް މި ބަލި އަރާނެ ކަމަށް ސީޑީސީއިން ވަނީ ބުނެފައެވެ. އެހެންކަމުން މި ވައިރަސް ޖެހުމުން މީހުންނާ ދުރުކުރުމުގެ ގޮތުން ހޮސްޕިޓަލުގައި ނުވަތަ ގޭގައި ބޭތިއްބުމަށް ސީޑީސީއިންވަނީ ބުނެފައެވެ. އަދި މިގޮތަށް ކުއަރެންޓީން ކުރުމަކީ ސީރިއަސްކަމެއްކަމަށް ދެކެންޖެހޭނެ ކަމަށް ވެސް ފާހަގަ ކޮށްފައިވެއެވެ.

މީގެއިތުރުން، އެހެންބަޔަކާއެއްކޮށް ދިރިއުޅޭނަމަ ނުވަތަ ގޭގައި ޖަނަވާރެއް ގެންގުޅޭނަމަ އެ ފަރާތްތަކާވެސް ދުރުން އުޅުމަށް ވަނީ ބުނެފައެވެ. ޖަނަވާރުންނަށް ކޮވިޑް-19 ޖެހޭނެ ކަމުގެ އެއްވެސް ޔަގީން ކަމެއް ނެތް ކަމުގައި ވިނަމަވެސް، މި ވައިރަސްއާ ގުޅޭގޮތުން އިތުރު މައުލޫމާތު ލިބެންދެން މިގޮތަށް ކަންތައްކުރުން މުހިންމު ކަމަށް ސީޑީސީއިން ފާހަގަކޮށްފައިވެއެވެ.

 ކެއްސުން، ހުންއައުން އަދި ކަރުގައި ރިއްސާ މިބައްޔަށް ޝައްކު ކުރެވޭނަމަ އަމިއްލައަށް ކަރަންޓީންވުން މުހިއްމު

 

ހެލްތު ވޯކަރުން ދައްކާ ވާހަކަ ގަބޫލު ނުކުރުން:

ސޯޝަލް މީޑިއާގައި އަދި ބޭރުގެ ބައެއް މީޑިއާތަކުން މި ވައިރަސްއާ ގުޅިގެން ނުރަގަނޅު މައުލޫމާތު ފަތުރަމުން އެބަދެއެވެ. ހެލްތު ވޯކަރުން ދައްކަމުންދާ ވާހަކަ ގަބޫލު ނުކޮށް މިފަދަ ދޮގު މައުލޫމާތު ގަބޫލުކުރާނަމަ ބަލިވިނަމަވެސް އަމިއްލައަށް ކަރަންޓީން ނުވެ އެހެން މީހުންނަށް ގެއްލުމަކަށް ވެދާނެކަމަށް ބުނެފައިވެއެވެ.

ރަނގަޅު ފަރުވާ ހޯދުމުގެ ބަދަލުގައި އަމިއްލައަށް ފަރުވާ ކުރުން:

ބަލިވުމުން ލިބެންޖެހޭ ރަނގަޅު ފަރުވާ ހޯދުމުގެ ބަދަލުގައި ނުވަތަ އަލާމާތްތައް ފެނުމުން ކަރަންޓީންނުވެ އަމިއްލައަށް ފަރުވާ ހޯދާނަމަ މި ވައިރަސް އެހެން މީހުންގެ ގަޔަށް އެރުމުގެ ފުރުސަތު ބޮޑުވެދާނެކަމަށް ބުނެފައިވެއެވެ. އެގޮތުން ވައިރަސްއިން ސަލާމަތްވުމަށް ލޮނުމެދު ކެއުން، ވިޓަމިން ސީ ކެއުން، ނުވަތަ ބްލީޗްބުއިން ފަދަ ކަންކަން ކުރުމުގެ ވާހަކަ ވަނީ ބައެއް ތަންތަނުގައި ދެކެވިފައެވެ. 

ސީޑީސީއިން ބުނެފައިވަނީ މި ވައިރަސްއަށް އަދި ވެކްސިންއެއް އުފެއްދިފައި ނުވާއިރު މިފަދަ ވާހަކަތައް ގަބޫލު ނުކުރުމަށެވެ. އަދި ހެލްތު ވޯކަރުން ބުނެފައިވާ ގޮތަށް ކަންތައް ކުރުމަށް ވެސް ސީޑީސީއިން ބުނެފައިވެއެވެ.

ސާފުތާހިރުކަން ނުބެލެހެއްޓުން:

ސާފުތާހިރުކަމަކީ މި ވައިރަސް ފެތުރުން ހުއްޓުވުމަށް ކުރެވޭނެ ކަމެކެވެ. ސީޑީސީއިން ބުނެފައިވަނީ މި ވައިރަސް ޖެހިފައިވާ މީހުން ނާ ދުރުން އުޅުމަށެވެ. މީގެއިތުރުން ލޮލާ ނޭފަތާ އަނގައިގާ އަތް ނުލުމަށާއި، ބަލިހެން ހީވެއްޖެ ނަމަ ގޭގައި މަޑުކޮށްލުމަށް ބުނެފައިވެއެވެ.

އަދި ކެއްސާ ކިނބިހިއެޅުމުގައި ޓިޝޫ ބޭނުން ކުރުމަށްފަހު ރަނގަޅަށް އެ ޓިޝޫ ނައްތާލުމަށާއި، ގިނަގިނައިން އަތްލެވޭފަދަ ތަންތަން ސާފުކޮށް، ސައިބޯނި ލައިގެން އެންމެ މަދުވެގެން 20 ސިކުންތު ވަންދެން އަތް ދޮވުމަށް ވެސް ސީޑީސީއިން ބުނެފައިވެއެވެ. ހަމައެއާއެކު އަބަދުވެސް ސެނިޓައިޒާ ފުޅިއެއް ގެންގުޅުމަށާއި، ކޮވިޑް-19 ގެ އެއްވެސް އަލާމާތެއް ފެންނަމުންދާނަމަ މާސްކްއެއް ބޭނުންކުރުމަށްވެސް ވަނީ ބުނެފައެވެ.

މި ކަންކަން ކުރުމުން ރެސްޕިރޭޓަރީ ބަލިތައް ފެތުރުން 21% އަށް ކުޑަ ވާކަމަށް ވެސް ހޯދުންތަކުން ދައްކާފައިވެއެވެ.

ސާފުތާހިރުކަމަކީ މި ވައިރަސް ފެތުރުން ހުއްޓުވުމަށް ކުރެވޭނެ ކަމެއް

 

މާސްކް އަދި ރެސްޕިރޭޓާ އެއްކުރުން:

އެމެރިކާގެ ސާޖަންއެއް ބުނެފައިވަނީ މާސްކް ގަތުން ހުއްޓުމަށެވެ.  އަދި އާދައިގެ މާސްކްއަކީ މި ވައިރަސްއިން އެއްވެސް ރައްކާތެރިކަމެއްދޭ މާސްކެއް ނޫނެވެ. އަނގައާއި ނޭފަތްމަތީގައި ދޫކޮށް މާސްކް އިނުމުގެ އިތުރުން ލޯ ނިވައެއް ނުކޮށްދެއެވެ. 

N95 ރެސްޕިރޭޓައިން މި ރައްކާތެރިކަން ދިން ކަމުގައި ވިނަމަވެސް މިފަދަ މާސްކްވެސް އެއްނުކުރުމަށް ވަނީ ބުނެފައެވެ. އަދި މިފަދަ ރެސްޕިރޭޓާ އަކީ ޑޮކްޓަރުންނާއި ނަރުހުން ބޭނުންކުރާ އެއްޗެއްކަން ހަނދާން ކުރަން ޖެހޭނެއެވެ. ރެސްޕިރޭޓާއަކީ ހެލްތު ވޯކަރުންގެ ރައްކަލަކަށް ބޭނުންކުރަމުން އަންނަ އެއްޗަކަށްވާއިރު ރެސްޕިރޭޓާ ހުސްވެއްޖެނަމަ، ހެލްތު ވޯކަރުން ބޭނުންކުރަން ހޯދަން އުނދަގޫވާނެ ކަމަށްވެސް ބުނެފައިވެއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ