އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ފާތިމަތު އުލާ ޝާއިޢު ކުރީ 06/03/2020

ކޮވިޑް-19 ހުއްޓުވޭނެތަ؟

މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަމުން މިބަލީގެ މާހިރުން ކަމށްވާ ޑރ.ސްޓޭންލީ ޕާލްމެން އަދި ޑރ.ބެން ކައުލިންގް ވަނީ އިންޓަވިއު އެއް ދެއްވާފައެވެ.
Fathimath Ula Avatar
ފާތިމަތު އުލާ

ޝާއިޢު ކުރީ: 06/03/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޮރޯނާވައިރަސް ޖެހިފައިވާ މީހުންގެ އަދަދު 95،000 އަށް އަރާފައިވާއިރު މި ވައިރަސް ޖެހިގެން މަރުވެފައިވާ މީހުންގެ އަދަދު މިހާރު ވަނީ 3،300 އަށް އަރާފައެވެ. 

ޑަބްލިއުއެޗްއޯގެ އެގްޒެކެޓިވް ޑިރެކްޓަރ ޑރ. މައިކަލް ޖޭ.ރަޔަން މިކަމާ ގުޅޭގޮތުން ބުނެފައިވަނީ ދުނިޔޭގައިވާ އެންމެން މި ވައިރަސްއާ ކުރިމަތިލާން ޖެހިދާނެކަން ގަބޫލު ކުރަން ޖެހޭ ކަމަށާއި، އަދި އޮތް ހަމައެކަނި ގޮތަކީ މި ވައިރަސް ނުހުއްޓުވޭނެކަން ގަބޫލުކުރުން ކަމަށެވެ. މިދިޔަ ފެބްރުއަރީ މަހު މުޅި ދުނިޔެއަށް ފެތުރެން ފަށާފައިވާ މި ވައިރަސް މިހާރުވަނީ ގިނަ ހިސާބުތަކަށް ފެތުރިފައެވެ.

ކޮރޯނާވައިރަސްއަކީ ޕެންޑެމިކް (މުޅި ދުނިޔެއަށް ފެތުރުމުގެ ފުރުސަތު އޮތުން) އެކޭ ބުނެވޭނެތަ؟

މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަމުން ޑރ.ސްޓޭންލީ ޕާލްމެން އަދި ޑރ.ބެން ކައުލިންގް ބުނެފައިވަނީ މި ވައިރަސް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިފައިވުމުން ވައިރަސް ހުއްޓުވަން ވަރަށް އުނދަގޫ ވާނެ ކަމަށާއި، މި ވައިރަސް ފެތުރެމުންދާ ބާރުމިނުގެ ސަބަބުން ވައިރަސް ހުއްޓުވޭނެތޯ ނުވަތަ ނުވާނެތޯ ބުނަން ނޭނގޭނެ ކަމަށެވެ. 

އަދި ގައިންގަޔަށް އަރާ ވައިރަސްއަކަށްވުމުން މިހާރު މި ވައިރަސް ފެތުރިފައިވާ ބައެއް ހިސާބުތަކަކީ ވައިރަސް ފެތުރުން ހުއްޓުވަން އުނދަގުވާނެ ހިސާބުތަކެއް ކަމަށެވެ. އެހެންކަމުން މި ވައިރަސް އަކީ މިހާރު ޕެންޑެމިކްއެއްގެ ގޮތުގައި ބަލަންޖެހޭ ވައިރަސްއެއް ކަމަށް ވެސް ބުނެފައިވެއެވެ. 

"މި ވައިރަސް ފެތުރިފައިވާ ބައެއް ހިސާބުތަކަކީ ވައިރަސް ފެތުރުން ހުއްޓުވަން އުނދަގުވާނެ ހިސާބުތައް"

 

ގައުމަށް މީހުން އެތެރެވުމާއި ގައުމުން މީހުން ބޭރުވުން ހުއްޓުވުމަކީ ފައިދާ ހުރި ކަމެއްތަ؟ 

މި ވައިރަސް ހުއްޓުވިދާނެކަމުގެ އުންމީދެއްވާކަމަށް ޑަބްލިއުއެޗްއޯއިން ބުނެފައިވާއިރު، ގައުމަށް މީހުން އެތެރެވުމާއި ގައުމުން މީހުން ބޭރުވުން ހުއްޓުވުމުން ވައިރަސް ހުއްޓުވުމުގެ ފުރުސަތެއް އޮވެދާނެތޯ؟ 

މިހެންކަންތައް ކުރުމުން ވައިރަސް ހުއްޓުވޭނެކަން ނޭނގުނުނަމަވެސް، ވައިރަސް ފެތުރެމުންދާ މިންވަރު މަދު ކުރެވިދާނެ ކަމަށް ކޮރޯނާވައިރަސް އާއި ބެހޭގޮތުން 38 އަހަރު ވަންދެން ދިރާސާކޮށްފައިވާ ޑރ. ޕާލްމަން ބުނެފައިވެއެވެ. ވައިރަސް މަސައްކަތްކުރަމުންދާ ގޮތް ރަނގަޅަށް ނޭނގުމުގެ ސަބަބުން މިގޮތަށް ކަންތައްކުރުމުން މި ވައިރަސް ފެތުރެމުންދާލެއް ލަސް ވާނެ ކަމަށްވެސް ޑރ. ޕާލްމަން ބުނެފައިވެއެވެ. 

އަދި ނޭވާލާ ނިޒާމަށް ޖެހޭ ބަލިތައް ދިރާސާކޮށްފައިވާ ޑރ. ކައުލިންގް މިކަމާ ގުޅޭގޮތުން ބުނެފައިވަނީ މީހުންގެ ސިއްހަތަށް ވިސްނާއިރު، އެމީހުންގެ ދިރިއުޅުމަށްވެސް ވިސްނަން ޖެހޭނެ ކަމަށެވެ. ގެއިން ނުނިކުމެ ތިބެން ބުނި ނަމަވެސް، މީހުންނަށްވެސް ރަނގަޅު ގޮތަކަށް ކަންތައް ކުރާނެ ގޮތެއް ވިސްނަން ޖެހޭނެކަމަށް ޑރ. ކައުލިންގް ފާހަގަ ކުރިއެވެ.

އަދި މިހެން ކަންތައްކުރުމުން ވައިރަސް ފެތުރޭލެއް ލަސް ވުމަކީ މި ވައިރަސް އިތުރަށް ބަދަލުވެދާނެ ކަމަށް ތައްޔާރުވުމަށް ލިބޭ ފުރުސަތެއްކަމަށްވެސް މި ދެ ޑޮކްޓަރުން ފާހަގަކުރިއެވެ.

ކޮވިޑް-19 ގެ ޖެހޭ މީހުންގެ ތެރެއިން 3.4% މީހުން މަރުވުމުގެ ފުރުސަތު ވާކަމަށް ޑަބްލިއުއެޗްއޯއިން ބުނެފައިވޭ

ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު ޔަގީން ނުވާއިރު އެ ވައިރަސްގެ ސަބަބުން 3.4% މީހުން މަރުވުމުގެ ފުރުސަތު އޮތްކަމަށް ޑަބްލިއުއެޗްއޯއިން ވަނީ ބުނެފައެވެ. މިކަމާ ގުޅިގެން ޑރ. ޕާލްމެން ބުނެފައިވަނީ މި ވައިރަސް ދަނީ ހީނުކުރާ ހިސާބުތަކުން ފެންނަމުން ކަމަށެވެ. އަދި ނޯރތު ކޮރެއާއިން މީހުން މަރުވަމުންދާ އަދަދަށްވުރެ އިޓަލީގައި މީހުން މަރުވާ އަދަދު އިތުރު ކަމަށާއި، މިކަމުން ދައްކައިދެނީ އިޓަލީގައި މި ވައިރަސް ޖެހިފައިވާ މީހުން ގިނަ ކަމަށް ޑރ. ޕާލްމެން ބުނެފައިވެއެވެ. އަދި މި ވައިރަސް އާ ގުޅިގެން މާ ގިނަ މައުލޫމާތެއް ނޭނގޭކަމަށްވެސް ޑޮކްޓަރ ފާހަގަކުރިއެވެ.

ވައިރަސްގެ ސަބަބުން 3.4% މީހުން މަރުވުމުގެ ފުރުސަތު އޮވޭ

 

ކޮވިޑް-19 އާ މެދު ސީރިއަސް ނުވެވިއްޖެ ނަމަ ދެން ވާނީ ކިހިނެއް؟

މިކަމާ ބެހެގޮތުން ޑރ. ކައުލިންގް ބުނެފައިވަނީ މި ވައިރަސް އިތުރަށް ގޯސް ވެދާނެކަމެށް، އަދި ގޯސްވަންޔާ ވާނީ ކޮންއިރަކު ކަމެއް ނޭނގޭކަމަށެވެ. އަދި ގޯސްވެއްޖެ ނަމަ މިހާރު ސަލާމަތީ ކަންކަމަށާއި ފަރުވާދިނުމަށް ކުރަމުންދާ ކަންތައް މަސައްކަތް ނުކޮށްފާނެ ކަމުގެ ބިރު އޮންނާނެ ކަމަށްވެސް ޑރ. ކައުލިންގް ފާހަގަކުރިއެވެ. 

އިޓަލީ އަދި ކޮރެއާ ފަދަ ތަންތަނުގައި ކަންތައްވަމުން ދާގޮތުން އެއްވެސް ގައުމަކުން މިކަމަކީ ސީރިއަސް ކަމެއް ނޫންކަމަށް ދެކޭހެން ހީނުވާކަމަށްވެސް ޑޮކްޓަރ ބުނެފައިވެއެވެ. އަދި ފިޔަވަޅު އަޅާނެ ތަފާތު ގޮތްތައް ވިސްނަންޖެހޭ ކަމަށާއި މިކަމާމެދު ކަންތައްކުރާނެ ގޮތް ކޮންމެ ގައުމަކުންވެސް ވިސްނަންވާނެކަމަށް ބުނެފައިވެއެވެ. އެގޮތުން ސްކޫލްތައް ބަންދުކުރުމާއި، ދަތުރުކުރާނެ ތަންތަން މަދު ކުރުންފަދަ ފިޔަވަޅުތައް އެޅުން ރަނގަޅުވާނެ ކަމަށްވެސް ބުނެފައިވެއެވެ.

ޑޮކްޓަރުންގެ އިލްތިމާސް

ކޮރޯނާވައިރަސްއަށް ސަމާލުވުމުގެ ގޮތުން، ގިނަ މީހުން އެއްތަނަކަށް އެއް ނުވުމަށާއި، ގޭގައި މަސައްކަތްކުރުމަށް ބާރުއެޅުމަށާއި، މީހުންނާ ދުރުން އުޅުންފަދަ ކަންކަން ކުރުމަށް ޑރ. ކައުލިންގް އިލްތިމާސް ކޮއްފައިވެއެވެ. މިހެން ކަންތައްކުރުމުން މި ވައިރަސް ފެތުރެމުންދާ މިންވަރު މަދު ކުރެވޭނެ ކަމަށްވެސް ޑރ. ބުނެފައިވެއެވެ. އަދި މީހުންނަށް ލިބެންވާ ފަރުވާ ބަރާބަރަށް ދިނުމަށާއި، އަދި ކޮންމެ މީހެއްވެސް މި ވައިރަސްއިން ރައްކާތެރިވުމަށް މަސައްކަތްކުރަން ބުނެފައިވެއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ