މެޑިކަލް އެސޯސިއޭޝަންގެ ރައީސަކަށް ޑރ. އަލީ ނިޔާފް ހަމަޖައްސަވައިފި
މެޑިކަލް އެސޯސިއޭޝަންގެ ރައީސަކަށް ޑރ. އަލީ ނިޔާފް ހަމަޖއްސަވައިފި
މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން (އެމްއެމްއޭ)ގެ ކުރިއަށް އޮތް ދެ އަހަރުގެ އެގްޒެކިއުޓިވް ކޮމިޓީ އެކުލަވާލައިފި އެވެ.
2020 ފެށިގެން 2022 އާއި ހަމަޔަށް އެމްއެމްއޭއިން އެކުލަވާލި ކޮމިޓީގެ ރައީސެއްގެ ގޮތުގައި މިއަހަރު ހަމަޖއްސަވާފައިވަނީ އޭޑީކޭގައި މަސައްކަތްކުރައްވާ ނިއުރޯސާރޖަންއެއް ކަމަށްވާ ޑރ. އަލީ ނިޔާފެވެ.
ޑރ. ނިޔާފަކީ ސިއްހީ ދާއިރާގައި ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ އަދި ގިނަ ދިވެހިންނެއްގެ މަޤްބޫލުކަން ލިބިވަޑައިގެން ހުންނެވި ޑޮކްޓަރެކެވެ. ޑރ. އަލީ ނިޔާފްގެ ކުރިން އެމްއެމްއޭގެ ރައީސްކަން ފުރުއްވާފައިވަނީ ޑރ. އަލީ ޝާހިދު މުހައްމަދެވެ.
އެމްއެމްއޭގެ ނައިބު ރައީސަކަށް ކުރިއަށް އޮތް ދެ އަހަރަށް ހަމަޖައްސާފައިވަނީ އައިޖީއެމްއެޗްގެ މަޝްހޫރު ފިޒިޝަނެއް ކަމަށްވާ ޑރ. މުހައްމަދު އަލީ އެވެ. އަދި އެކްޒެކިއުޓިވް ސެކްރެޓަރީ އަކަށް ހަމަޖައްސަވާފައިވަނީ އޭޑީކޭގައި މަސައްކަތް ކުރައްވާ ފިޒިޝަނެއް ކަމަށްވާ ޑރ. ނަޝީދާ ސައީދެވެ.
MMA ExCo 2020-22:
— Maldivian Medical Association (MMA) (@mma_mv) February 20, 2020
President @AliNiyaf
VP @Moxamedalu
Executive Secretary @nasheesaeed
Deputy Executive Secretary @isseylatif
Spokesperson @dr_a33am
Academic Secretary @NajmyShaneez
Scientific Secretary @AishathAznaAli
Health Promotion Coordinator @muflihafatima
Treasurer @Isneen pic.twitter.com/zhIgGhMA8a
އެމްއެމްއޭ އެކްސްކޯ 2020-2022
ރައީސް – ޑރ. އަލީ ނިޔާފް
ނައިބު ރައީސް – ޑރ. މުހައްމަދު އަލީ
އެގްޒެކިއުޓިވް ސެކްރެޓަރީ - ޑރ. ނަޝީދާ ސައީދު
ޑެޕިއުޓީ އެގްޒެކިއުޓިވް ސެކްރެޓަރީ – ޑރ. އިސްމާއިލް ލަތީފް
ސްޕޯކްސްޕާރސަން – ޑރ. އައްޒާމް މުހައްމަދު
އެކެޑެމިކް ސެކްރެޓަރީ – ޑރ. ޝާނީޒް ނަޖްމީ
ސައިންޓިފިކް ސެކްރެޓަރީ – ޑރ. އައިޝަތު އަޒްނާ އަލީ
ހެލްތް ޕްރޮމޯޝަން ކޯޑިނޭޓަރ – ޑރ. ފާތިމަތު މުފްލިހާ
ހަޒާންދާރު - ޑރ. އިސްނީން ހިލްމީ
ރާއްޖޭގެ ސިއްހީ ނިޒާމު އިތުރަށް ހަރުދަނާކޮށް، ރާއްޖޭގައި މަސައްކަތްކުރާ ޑޮކްޓަރުންގެ ޕްރޮފެޝަނަލިޒަމް ދެމެހެއްޓުމުގެ މަޤްސަދުގައި މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަންގެ ނަމުގައި އެމްއެމްއޭ އުފައްދާފައިވަނީ 2006 ވަނަ އަހަރުގަ އެވެ. މިއީ ރާއްޖޭގެ މެޑިކަލް ޑޮކްޓަރުންނަށް އަމާޒުކޮށް އުފެއްދި ފުރަތަމަ މިނިވަން ޖަމިއްޔާ އެވެ.
އެމްއެމްއޭގެ އެގްޒެކިއުޓިވް ކޮމިޓީ އެކުލަވާލުމަށް އިންތިހާބު ބާއްވާފައިވަނީ މި މަހުގެ 15 ވަނަ ދުވަހުގަ އެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)