އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 13/02/2020

ދުނިޔޭގެ އާބާދީގެ 60 އިންސައްތައަށް ކޮރޯނާވައިރަސް ޖެހިދާނެކަމުގެ ބިރު އެބައޮތް: ސިއްހީ މާހިރުން

ކޮރޯނާވައިރަސްވަނީ މިހާތަނަށް 60،000 އަށްވުރެ ގިނަ މީހުންނަށް ޖެހިފައެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 13/02/2020

Coronavirus
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ޗައިނާއިން އުފަންވެ ދުނިޔޭގެ އެކި ހިސާބުތަކަށް ފެތުރެމުންދާ ކޮވިޑް-19ގެ ނަންދީފައިވާ ކޮރޯނާވައިރަސް ކޮންޓްރޯލްކުރުމަށް ކުރަމުންދާ މަސައްކަތް ފެއިލްވެއްޖެނަމަ ދުނިޔޭގެ އާބާދީގެ 60 އިންސައްތައަށް ޖެހިދާނޭކަމުގެ ބިރު އެބައޮތްކަމަށް ހޮންކޮންގް ގެ މެޑިކަލް އޮފިޝަލް ޕްރޮފިސަރ ގެބްރިއަލް ލެއުންގް ބުނެފި އެވެ.

ގާޑިއަން އިން ބުނެފައިވާގޮތުގައި ޕްރޮފެސަރ ލެއުންގްގެ ތަފާސްހިސާބު ދިމާވާނަމަ ދުނިޔޭގެ އާބާދީގައި ހިމެނޭ 7 ބިލިޔަން މީހުންގެ ތެރެއިން 4 ބިލިޔަން މީހުންނަށް މި ވައިރަސް ޖެހުމަކީ އެކަށީގެންވާ ކަމެކެވެ. އަދި އޭގެތެރެއިން އެއް އިންސައްތަ މީހުން މަރުވެއްޖެނަމަ، ފުރާނަ ގެއްލިގެންދާނީ ދުނިޔޭގެ އާބާދީގެ 45 މިލިޔަން މީހުންގެ ކަމަށް ލެއުންގް ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ގިނަ ސިއްހީ މާހިރުން ގަބޫލުކުރާ ގޮތުގައި މިވައިރަސް ޖެހިފައިވާ މީހެއްގެ ފަރާތުން އެވަރޭޖްކޮށް 2.5 މީހުންނަށް މިބަލި ޖެހެއެވެ. އެހެންކަމުން ދުނިޔޭގެ 60-80% މީހުންނަށް މިބަލި ޖެހިދާނެކަމަށް ލެއުންގް ވިދާޅުވިއެވެ.

ލިއުންގް މިހެން ބުނިނަމަވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އިއްޔެވަނީ ޔަގީންނުވާ ގޮތްތައް ތަފާސްހިސާބުތައް ނުހެދުމަށް އިލްތިމާސްކޮށްފަ އެވެ. އަދި ޗައިނާއިން މި ދޭތެރެއިން ކޮރޯނާވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު މަތިވިނަމަވެސް މިހާރު އެ ރޭޓް ވަނީ ދަށަށްދާން ފަށާފަ އެވެ. އަދި ސައިންޓިސްޓުންވަނީ މިއީ މިކަމުން ސަލާމަތްވާން ލިބުނު އިތުރު ހިތްވަރެއްގެ ގޮތުގައި ފާހަގަކޮށްފަ އެވެ. 

ޗައިނާގެ ވޫހާން ސިޓީއިން ފެނުނު ކޮރޯނާވައިރަސްވަނީ މިހާތަނަށް 60،000 އަށްވުރެ ގިނަ މީހުންނަށް ޖެހިފައެވެ. އަދި މި ވައިރަސްޖެހިގެން މިހާތަނަށް މަރުވި މީހުންގެ އަދަދު ވަނީ 1،300 އަށް އަރާފައެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ