އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 31/01/2020

ކޮރޯނާވައިރަސް: ހަށިގަނޑަށް ކުރާނީ ކޮން އަސަރުތަކެއް؟

މިދިރާސާގައި ކޮރޯނާވައިރަސް ޖެހިގެން ފަރުވާދިން ފުރަތަމަ 99 މީހުންގެ މައުލޫމާތުތައް ވަނީ ހިމަނާފައެވެ.
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 31/01/2020

Research Coronavirus
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މިވައިރަސް ހަށިގަނޑަށް ގެއްލުން ދެނީ ކޮން ގޮތަކަށް؟ ފެންނާނީ ކޮން އަލާމާތްތަކެއް؟ އެންމެ ބޮޑަށް އަސަރުކޮށް މަރުވުމުގެ ފުރުސަތު ބޮޑީ ކޮން ބަޔަކަށް؟ ފަރުވާ ދޭނީ ކިހިނެއް؟

މިއީ އަޅުގަނޑުމެން ތެރޭ ގިނަ ބައެއްގެ ހިތުގައި އުފެދޭ ސުވާލުތަކެކެވެ. އެގޮތުން ޗައިނާގެ ވޫހާންގައި ހުންނަ ޖިންޔިންޓާން ހޮސްޕިޓަލްގެ ޓީމަކުން މިސުވާލުތަކަށް ޖަވާބު ދިނުމަށްޓަކައި ވަނީ ދިރާސާއެއް ހަދާފައެވެ.

ދަ ލާންސެޓް މެޑިކަލް ޖަރނަލްގައި ޝާއިޢުކޮށްފައިވާ މިދިރާސާގައި ކޮރޯނާވައިރަސް ޖެހިގެން ފަރުވާދިން ފުރަތަމަ 99 މީހުންގެ މައުލޫމާތުތައް ވަނީ ހިމަނާފައެވެ.

 

ފެނުނު އަލާމާތްތައް

99 މީހުން ހޮސްޕިޓަލަށް ގެންދެވުނު އެންމެންނަށް ވަނީ ނިއުމޯނިއާ ޖެހިފައެވެ. ނިއުމޯނިއާ އަކީ ފުއްޕާމޭ ދުޅަވެ އޮކްސިޖަން ލޭގެ ތެރެއަށް ދާން އޮންނަ ކުދި ކުދި ލޯވަޅުތަކު ތެރޭގައި ފެން އުފެދުމެވެ.

އެހެނިހެން އަލާމާތްތަކުގެ ތެރޭގައި:

  • 82 މީހުން ހުން އައުން
  • 81 މީހުން ކެއްސުން
  • 31 މީހުން ނޭވާ ކުރުވުން
  • 11 މީހުން މަސްތަކުގައި ރިހުން
  • 9 މީހުންނަށް ވާނުވާ އޮޅުން އަރާފައިވުން
  • 8 މީހުން ބޮލުގައި ރިއްސުން
  • 5 މީހުން ކަރުގައި ރިއްސުން

 

ފުރަތަމަ މަރުވި 2 މީހުން

މި 99 މީހުންގެ ތެރެއިން އެންމެ ފުރަތަމަ މަރުވި ދެ މީހުންނަކީ ބަލާބެލުމަށް ސިއްހަތު ރަނގަޅު ދެ މީހުންނެވެ. ނަމަވެސް އެ ދެ މީހުންނަކީ ސިނގެރޭޓު ބޯ މީހުންނަށް ވުމުން ފުއްޕާ މޭ ވަނީ ބަލިކަށިވެފައެވެ.

މި ދެ މީހުންގެ ތެރެއިން އެކަކީ 61 އަހަރުގެ ފިރިހެނެކެވެ. އަދި ހޮސްޕިޓަލަށް ގެނެވުނު އިރު ހާލަތު ސީރިއަސްވެ ނިއުމޯނިއާ ވަނީ ޖެހިފައެވެ.

އޭނާގެ ފުއްޕާ މެއިން ހަށިގަނޑުގެ އެހެނިހެން ގުނަވަންތަކަށް ބޭނުންވާ ވަރަށް އޮކްސިޖަން ފޯރުނުކޮށްދެވުމުގެ ސަބަބުން އޭނާ ވެންޓިލޭޓަރ އަކަށް ލެވުނެވެ. ނަމަވެސް ފުއްޕާ މޭގެ މަސައްކަތް ހުއްޓި ހިތް ވެސް ހުއްޓުނެވެ.

އެޑްމިޓް ކުރިތާ 11 ދުވަސް ފަހުން އޭނާ މަރުވިއެވެ.

ދެ ވަނަ މީހަކީ އުމުރުން 69 އަހަރުގެ ފިރިހެނެކެވެ. މީނާގެ ވެސް ފުއްޕާމޭން އޮކްސިޖަން ފޯރުނުކޮށްދެވޭތީ އީސީއެމްއޯ މެޝިން އަކާއި ގުޅުނެވެ.

އޭނާ މަރުވީ ނިއުމޯނިއާ އަދި ޝޮކް ގެ ސަބަބުން ލޭގެ ޕްރެޝާ ދަށްވުމުންނެވެ.

 

މިހާރުގެ ހާލަތު

25 ޖެނުއަރީއާއި ހަމައަށް، އެ 99 މީހުންގެ ތެރެއިން:

  • 57 މީހުން އަދިވެސް ހޮސްޕިޓަލުގައި
  • 31 މީހުން ހޮސްޕިޓަލުން ދޫ ކުރެވިފައި
  • 11 މީހުން މަރުވި
ވޫހާންގައި ހުންނަ ޖިންޔިންޓާން ހޮސްޕިޓަލް

ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ހާމަ ކުރާ ގޮތުގައި ކޮރޯނާ ވައިރަސް ފެތުރެން ފެށީ ސީފުޑް މާރުކޭޓެއްގެ ތެރެއިންނެވެ.

މިދިރާސާގައި ބުނެފައިވާ ގޮތުގައި ފުރަތަމަ ބަލިޖެހިގެން ހޮސްޕިޓަލަށް ގެންދެވުނު 99 މީހުންގެ ތެރިން 49 މީހުންވަނީ މިމާރުކޭޓަށް ޒިޔާރަތްކޮށްފައެވެ. މި 49 މީހުންގެ ތެރެއިން 47 މީހުންނަކީ މާރުކޭޓުގައި މަސައްކަތް ކުރި މީހުންނެވެ.

99 މީހުންގެ ތެރެއިން ގިނައީ މެދުއުމުރުގެ މީހުންނެވެ- އެވަރޭޖްކޮށް 56 އަހަރެވެ. އަދި 67 މީހުންނަކީ ފިރިހެނުންނެވެ.

މީގެ އިތުރުން މި 99 މީހުންގެ ތެރެއިން ގިނަ މީހުންނަކީ އެހެނިހެން ބަލިތައް ތަހައްމަލް ކުރަމުން ދިޔަ މީހުންނެވެ. އޭގެ ތެރެއިން:

  • 40 މީހުންނަށް ކުރިން ހިތުގެ ބަލި، ހާޓް ފެއިލިއަރ ނުވަތަ ސްޓްރޯކެއް ޖެހިފައި
  • 12 މީހުންނަށް ހަކުރު ބަލި ޖެހިފައި
އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ