އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 27/01/2020

ކޮރޯނާ ވައިރަސް ފެނުނު 17 ވަނަ ޤައުމަކަށް ސްރީ ލަންކާ

ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައިވަނީ އެ ގައުމަށް އެތެރެވި ޗައިނާ އަންހެނެކެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 27/01/2020

Sri Lanka Coronavirus
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ނުރައްކާތެރި އާ ކޮރޯނާ ވައިރަސް ޖެހިފައިވާ މީހެއް އަވަށްޓެރި ސްރީލަންކާއިން ފެނިފައިވާ ކަމަށް އެ ގައުމުގެ ސިއްހަތާ ބެހޭ އިދާރާއިން ހާމަކޮށްފި އެވެ.

ލަންކާގެ ހެލްތް ޕްރޮޓެކްޝަން ބިއުރޯއިން ބުނީ ވައިރަސް ޖެހިފައިވާ މީހެއް އެ ގައުމުން ފެނިފައިވީ ނަމަވެސް އެ ވައިރަސް ސްރީލަންކާގައި ފެތުރުމުގެ ފުރުސަތެއް ނެތް ކަމަށެވެ. އެހެންވެ ރައްޔިތުން ކަންބޮޑުނުވުމަށް އިރުޝާދު ދީ، ވައިރަސް ފެތުރުނަ ނުދޭން ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް އެ ބިއުރޯއިން ވަނީ ބުނެފަ އެވެ.

ޗައިނާއިން ފެތުރެންފަށާފައިވާ ކޮރޮނާވައިރަސް އެ ޤައުމުގެ އިތުރުން، އެހެން ގައުމުތަކުން ވެސް ވަނީ ފެނިފައެވެ. އެގޮތުން އެމެރިކާގެ ސީޑީސީ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މިވައިރަސް ފެނިފައިވާ ގައުމުތަކުގެ ތެރޭގައި؛ 

ޗައިނާ،

ތައިލަންޑް، 

ހޮންގް ކޮންގް، 

މަކާއޯ، 

ސައުތުކޮރެއާ، 

ޓައިވާން، 

ޖަޕާން، 

ނޭޕާލް،

އޮސްޓްރޭލިއާ،

ކެމްބޯޑިއާ،

ކެނަޑާ،

ފްރާންސް،

މެލޭޝިއާ،

ވިއެޓްނާމް 

ސިންގަޕޫރު، 

އަދި އެމެރިކާއިންވެސް ވަނީ މި ވައިރަސް ފެނިފަ އެވެ. 

ސްރީލަންކާގެ ބައެއް ނޫސްތަކުން ރިޕޯޓް ކުރާ ގޮތުގައި ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައިވަނީ އެ ގައުމަށް އެތެރެވި ޗައިނާ އަންހެނެކެވެ. އެއީ ޗައިނާގެ ހޫބޭ ޕްރޮވިންސްއިން އައި މީހެއް ކަމަށްވެ އެވެ. ވައިރަސް ފުރަތަމަ ފެނިފައިވަނީ ވެސް އެ ޕްރޮވިންސް ނިސްބަތްވާ ވުހާން ސިޓީއިންނެވެ.

ދުނިޔޭގެ ސިއްހަތާބެހޭ ޖަމިއްޔާ ޑަބްލިޔުއެޗްއޯ އިން ބުނާ ގޮތުންނަމަ، ކޮރޯނާވައިރަސްތަކަކީ އާދައިގެ ރޯގާ އިން ފެށިގެން މިޑްލް އީސްޓް ރެސްޕިރޭޓަރީ ސިންޑްރޯމް (މާސް) އާއި ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް (ސާސް) ފަދަ ނޭވާލާ ނިޒާމަށް ވަރަށް ބޮޑަށް އަސަރުކުރާ ބައްޔެކެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ