އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 09/12/2019

ހުޅުމާލޭ ހޮސްޕިޓަލްގައި ލޮލުގެ ބަލިތަކަށް ޙާއްސަ ސެންޓަރެއް ޤާއިމްކުރަނީ

މި ސެންޓަރު އަންނަ އަހަރުގެ ޖެނުއަރީމަހުގެ ކުރީކޮޅުގައި އެ ހޮސްޕިޓަލްގައި ހުޅުވާނެއެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 09/12/2019

Hulhumale' Hospital Ophthalmology
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ޗައިނާ ސަރުކާރުގެ އެހީގައި ހުޅުމާލޭ ހޮސްޕިޓަލްގައި ލޮލުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް ހުޅުވުމަށް ހަމަޖެހިފައިވާކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

މިކަމާއި ގުޅިގެން ހުޅުމާލޭ ހޮސްޕިޓަލުން ހޮނިހިރު ދުވަހު ނެރުނު ނޫސް ބަޔާނުގައި ބުނެފައިވާގޮތުގައި މި ސެންޓަރު އަންނަ އަހަރުގެ ޖެނުއަރީމަހުގެ ކުރީކޮޅުގައި އެ ހޮސްޕިޓަލްގައި ހުޅުވާނެއެވެ. އަދި ސެންޓަރު ހުޅުވުމުގެ ގޮތުން ލޮލުގެ ބަލިތަކަށް ހާއްސަކޮށްގެން ކޭމްޕެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

މި ކޭމްޕަކީ ޗައިނާގެ މެޑިކަލް ޓީމަކާއި އަދި ހުޅުމާލޭ ހޮސްޕިޓަލާއި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކޭމްޕެކެވެ. ހުޅުމާލޭ ހޮސްޕިޓަލުން މައުލޫމާތު ދޭ ގޮތުގައި މި ކޭމްޕްގައި ނަމްބަރު އައިނު ނަގައިދިނުމުގެ އިތުރުން ލޮލުގެ ތަފާތު ބަލިތައް ކަމަށްވާ ލޯ ފުސްވުން، ގުލްކޯމާ އަދި ހަކުރުބަލީގެ ސަބަބުން ލިބޭ ގެއްލުންތަކަށްވެސް ފަރުވާ ދޭނެއެވެ.

މި ކޭމްޕުގައި ފަރުވާދިނުމަށްޓަކައި މިހާރުވެސް ބަލިމީހުން ސްކްރީން ކުރަމުން އަންނަކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ. އަދި ސްކްރީން ކުރުމަށް އެ ހޮސްޕިޓަލްގެ ހޮޓްލައިން 1417އަށް ގުޅައިގެން އެޕޮއިންޓްމަންޓް ހެދުމަށް އެ ހޮސްޕިޓަލުން ވަނީ އެދިފައެވެ.

މީގެއިތުރުން ލޮލުގެ ބަލިތަކަށް ފަރުވާދޭ މި ސެންޓަރު ޤާއިމްކުރުމަށްފަހު، ޗައިނާގެ މެޑިކަލް ޓީމެއް ސެންޓަރުގައި ފަރުވާދިނުމަށް ހަރަކާތްތެރިވާނޭ ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ