މަރްޔަމް ޢަދީލާ
ޝާއިޢު ކުރީ: 08/12/2019
Ministry of Health WHO Health Minister Abdulla Ameen WHO Global Meetingދުނިޔޭގެ ސިއްހަތު ޖަމިއްޔާ އާއި އޮމާންގެ ހެލްތް މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ ތެރެއިން ޓާގެޓް 3.4ގައިވާ ގައިންގަޔަށް ނާރާ ބަލިތަށް އަދި ނަފްސާނީ ބަލި ކޮންޓްރޯލް ކުރުމުގެ ސްޕީޑް އަވަސްކުރުމަށް ބާއްވާ ދުނިޔޭގެ ފެންވަރުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް ހެލްތް މިނިސްޓަރ އަބްދުﷲ އަމީން އޮމާންއަށް ފުރާވަޑައިގެންފި އެވެ.
މިމަހުގެ 9 ން 12އަށް އޮމާންގެ ވެރިރަށް މަސްކަޓްގައި ބާއްވާ މި ބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ ދުނިޔޭގެ ފެންވަރެއްގައި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ ތެރެއިން ޓާގެޓް 3.4ގައިވާ ގައިންގަޔަށް ނާރާ ބަލިތައް އަދި ނަފްސާނީ ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ކުރެވިދާނެ ކަންކަން ފާހަގަކޮށް، އަދި 2030 ގެ ކުރިން ޅައުމުރުގައި ކުދިން މަރުވާ އަދަދު ކޮންޓްރޯލް ކުރުމުގެ ލަނޑުދަނޑިއަށް ވާސިލްވުމަށްޓަކައި އެކި ޤައުމުތަކުގެ ހެލްތް މިނިސްޓަރުންނާއި އަދި މަތީފަންތީގެ ބޭފުޅުންގެ މެދުގައި މަޝްވަރާކުރުމެވެ.
އޮމާންގެ ހެލްތް މިނިސްޓްރީން އިންތިޒާމްކުރާ މި ބައްދަލުވުމުގެ ލަނޑުދަނޑިތަކުގެ ތެރޭގައި 2030 ގެ ކުރިން ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ ތެރެއިން ޓާގެޓް 3.4ގައިވާ ގައިންގަޔަށް ނާރާ ބަލިތަށް އަދި ނަފްސާނީ ބަލި ކޮންޓްރޯލް ކުރުމުގެ އިތުރުން ޔޫއެންގައި ބާއްވާފައިވާ ޖެނެރަލް އެސެމްބްލީގައި ޤައުމުތަކުގެ އިސްވެރިން ވެފައިވާ ވައުދުތަކަށް ވާސިލްވުމަށްޓަކައި އިތުރު އެއްބާރުލުން ފޯރުކުރުން ހިމެނެއެވެ.
މި ބައްދަލުވުމުގައި ރާއްޖޭގެ ހެލްތް މިނިސްޓަރ ފާހަގަކުރައްވާނޭ ބައެއް ނުކުތާތަކުގެ ތެރޭގައި ގައިން ގަޔަށް ނާރާ ބަލިތައް ކޮންޓްރޯލްކުރުމަށްޓަކައި ކުޑަކުދިންނަށް ދޭ ސިއްހަތަށް ގެއްލުން ލިބޭ ކެއުންތަކާއި އަދި ބުއިންތަކުގެ މާކެޓް ކޮންޓްރޯލް ކުރުމުގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކާއި އަދި ކަނޑުގެ ލޮނުގަނޑު އުފުލުމާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވާނެ އެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)