އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 09/01/2021

ކޮވިޑް-19: 20 އިންސައްތަ ކުޑަކުދިންނަށް ވަނީ ނަފްސާނީ މައްސަލަތައް ދިމާވެފަ

"ކޮވިޑް-19 ޕެންޑަމިކް އާއެކު، އަހަރެމެންނަށް މިވަނީ ނަފްސާނީ ބަލީގެ ޕެންޑަމިކް އަކާވެސް ކުރިމަތިލާން ޖެހިފައި". ޑރ. ވޯލްކްއަޕް ވިދާޅުވެފައި ވެއެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 09/01/2021

Psychology Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޮވިޑް-19 ޕެންޑަމިކްގެ ސަބަބުން ގާތްގަނޑަކަށް 20 އިންސައްތަ ކުޑަކުދިންނަށް ނަފްސާނީ މައްސަލަތައް ދިމާވެފަކަމަށް އެމެރިކާގެ އިލިނޮއިސް ގައި ހެދި ދިރާސާއަކުން ދައްކައިފި އެވެ. ދިރާސާއަށް ފަހު ޑޮކްޓަރުން ވަނީ މިކަމަށް އަދި ހައްލެއް ނެތްއިރު، މައްސަލަ އިތުރަށް ގޯސްވެދާނޭ ކަމުގެ އިންޒާރު ދީފައެވެ. 

މި ދިރާސާ ހަދާފައި ވަނީ އިލިނޮއިސްގައި ހުންނަ ލޫރީ ޗިލްޑްރަން ހޮސްޕިޓަލްގެ ޑޮކްޓަރެއް ކަމަސްވާ، ޑރ. ޖޯން ވޯލްކްއަޕް އެވެ. އޭނާ ވަނީ ކޮވިޑްގެ ސަބަބުން ކުޑަކުދިންނަށް ބޮޑު އަސަރެއް ކޮށްފައިވާ ކަމަށް ބުނެފަ އެވެ.

"ކޮވިޑް-19 ޕެންޑަމިކް އާއެކު، އަހަރެމެންނަށް މިވަނީ ނަފްސާނީ ބަލީގެ ޕެންޑަމިކް އަކާވެސް ކުރިމަތިލާން ޖެހިފައި". ޑރ. ވޯލްކްއަޕް ވިދާޅުވެފައި ވެއެވެ.

ޑރ. ވޯލްކްއަޕް ވިދާޅުވިގޮތުގައި ކުޑަކުދިންގެ މެދުގައި ނަފްސާނީ މައްސަލަތައް އިތުރުވާން މެދުވެރި ވެފައިވަނީ މީހުންނާއި ބައްދަލުވެ އުޅުން މަދުވެ، ސްކޫލަށް ގޮސް އެހެން މީހުންނާއި ގުޅުން ބަދަހި ނުކުރެވުމުގެ އިތުރުން އާއިލާ މީހެއް ގެއްލުން ނުވަތަ މައިންބަފައިންގެ ވަޒީފާއަށް އަސަރުކުރުމުން ކަމަށެވެ. އަދި މި ހުރިހާ ކަމަކީވެސް އޭގެ ޒާތުގައި ކުޑަކުދިންނަށް ނަފްސާނީ ގޮތުން އަސަރު ކުރުވާނޭ ކަންކަން ކަމަށް ޑރ. ވޯލްކްއަޕް ވަނީ ވިދާޅުވެފަ އެވެ.

ކުޑަކުދިންނަށް ނަފްސާނީ މައްސަލައެއް ދިމާވެފައި ހުރިނަމަ ފެންނާނޭ އަލާމާތްތައް:
ބިރުގަތުން 
އަވަހަށް ހާސްވެ ކަންބޮޑުވުން
ބަނޑުގައި ރިއްސުން ފަދަ ކަންކަން ކުރިމަތިވުން
ނިދުމުގެ މައްސަލަތައް ކުރިމަތިވުން
އަވަސް އަވަހަށް މޫޑަށް ބަދަލު އައުން

ކޮވިޑްގެ ސަބަބުން ގިނަ ކުޑަކުދިންނަށް ނަފްސާނީ މައްސަލަތައް ކުރިމަތިވި ނަމަވެސް، ޕެންޑަމިކް ނިމި އަންމު ހާލަތަށް ދިއުމުން ކުދިންނަށް ދިމާވެފައިވާ ނަފްސާނީ މައްސަލަތަކަށް ހައްލެއް ލިބޭނޭ ކަމަށް ޑރ. ވޯލްކްއަޕް ވަނީ ވިދާޅުވެފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ