އިނގިރޭސިވިލާތުން ކޮރޯނާވައިރަސްގެ އާ ވައްތަރެއް ފެނި މުޅި ދުނިޔެ މިވަނީ އަނެއްކާ ވެސް އެލާޓަށް އައިސްފަ އެވެ. ހަމަ މިއާއެކު ސިއްހީ މާހިރުން ދަނީ 2019 ވަނަ އަހަރު ޗައިނާގެ ވޫހާން އިން ފެތުރެން ފެށި ކޮވިޑް-19 އަށްވުރެ އަލަށް މި ފެނުނު ވައްތަރުގެ ނުރައްކާ ބޮޑުކަމަށް ބުނެފަ އެވެ.
އިނގިރޭސިވިލާތުގައި ފެތުރެމުންދާ ކޮވިޑުގެ އައު ވައްތަރާއި ގުޅޭގޮތުން އެޤައުމުގެ ޕްރައިމް މިނިސްޓަރ ބޮރިސް ޖޯންސަން ވިދާޅުވީ މި އާ ވޭރިއަންޓް އެކަކު ގައިން އަނެކަކުގެ ގަޔަށް ފެތުރުމުގެ ފުރުސަތު 70 އިންސައްތައަށް ބޮޑު ކަމަށެވެ.
އަދި ސެޕްޓެމްބަރު މަހުން ފެށިގެން މިހާތަނަށް އެ ޤައުމުގެ ހަތަރު ބައިކުޅަ އެއްބަޔަށް ކޮވިޑްގެ އާ ވައްތަރު ޖެހިފައިވާ ކަމަށް ބޮރިސް ވަނީ ވިދާޅުވެފަ އެވެ.
ކަންބޮޑުކުރުވަނިވި ތަފާތުތައް
- މިހާރު ފެތުރެމުންދާ ކޮވިޑް-19 އާ އަޅާބަލާއިރު އާ ވޭރިއަންޓް ފެތުރުމުގެ ސްޕީޑް އަވަސްކަން
- ވައިރަހުގެ ސަބަބުން ހާލު އިތުރަށް ގޯސްވުމުގެ ފުރުސަތު އޮތުން
- ހަށިގަނޑުގެ ސެލްތަކަށް ވައިރަހުގެ އަސަރު ކުރުވާވަރު އަވަސްވުން
ކޮވިޑްގެ މި އައު ވައްތަރާއި ގުޅޭގޮތުން އަދިވެސް ދަނީ ތަހްލީލްތައް ކުރަމުންނެވެ. އަދި ވައިރަސް ހުއްޓުވުމަށް އަޅާނެ އިތުރު ފިޔަވަޅުތައް ދެނެގަތުމަށް ހަފްތާތަކެއް ނުވަތަ މަހެއް ހޭދަވާނޭ ކަމަށް ސިއްހީ މަަހިރުން ބުނެއެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)