އޮކްސްފޯޑު ޔުނިވަރސިޓީގެ ޓީމުން އުފައްދާ ކޮވިޑް-19 ވެކްސިންގެ ޓެސްޓިން މަރުހަލާއަށް ފަހު ވެކްސިންގެ އެހީގައި ކޮރޯނާވައިރަސް ނައްތާލެވިދާނެކަމަށް އޮތް ޔަގީންކަން އިތުރުވެއްޖެ ކަމަށް ބުނެފި އެވެ.
މިހާރުގެ ޑާޓާތަކުން ދައްކާގޮތުގައި މި ވެކްސިނުން 70 އިންސައްތަ ރައްކާތެރިކަން ލިބޭނެ އެވެ. އެހެންނަމަވެސް ރިސާޗަރުން ވަނީ މީގެ ޑޯޒް ޑަބަލް ކޮށްލައިފި ނަމަ މި ޔަގީންކަން 90 އިންސައްތައަށް އިތުރުވާނޭ ކަމަށް ބުނެފަ އެވެ.
މިހާތަނަށް އުފައްދަން ފެށި ވެކްސިންތަކުގެ ތެރެއިން ފައިޒާ އާއި މޮޑޭނާގެ ވެކްސިންގެ 95 އިންސައްތައަށް ކާމިޔާބުވާނޭ ކަމުގެ ޔަގީންކަން ވަނީ ލިބިފައެވެ. ހަމައެހެންމެ އޮކްސްފޯޑުގެ ނަތީޖާއަކީ އިތުރު ކާމިޔާބީއެއްގެ ގޮތުގައި ރިސާޗަރުން ދެކެއެވެ.
އެހެންނަމަވެސް، މިހާތަނަށް އެންމެ އަގުހެޔޮ އަދި ދުނިޔޭގެ ކޮންމެ ހިސާބަކަށް ފޯރުކޮށްދެވޭނޭ ކަމުގެ ޔަގީންކަން ލިބިފައިވަނީ ހަމައެކަނި އޮކްސްފޯޑުގެ ވެކްސިނަށެވެ. އެހެންކަމުން މި ވެކްސިން އެޕްރޫވް ވެއްޖެނަމަ ކޮވިޑް-19 ހުއްޓުވުމަށް މުހިއްމު ރޯލެއް އަދާކުރާ ވެކްސިނަކަށް އޮކްސްފޯޑުގެ ވެކްސިން ވާނޭކަމަށް ރިސަަޗަރުން ދެކެއެވެ.
މިހާތަނަށް އިނގިރޭސިވިލާތުގެ ސަރުކާރުން ވަނީ އޮކްސްފޯޑުން އުފައްދާ ވެކްސިންގެ 100 މިލިޔަން ޑޯޒަށް އޯޑަރު ދީފައެވެ. އަދި އަންނަ އަހަރަށް މިއަދަދު ތިން ބިލިޔަނަށް އިތުރުވާނޭކަމަށް އެމީހުން ލަފާކުރެއެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)