އިއްޔެ މަރުވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ބިދޭސީ މީހާއަކީ ރާއްޖޭގައި ކޮވިޑު-19 ޖެހިގެން މަރުވި 40 ވަނަ މީހާކަމަށް އެޗްޕީއޭއިން ބުނެފި އެވެ.
އެޗްއީއޯސީން މީގެކުރިން ބުނީ މަރުވެގެން ހޮސްޕިޓަލަށް ގެންދިޔުމުން އޮންނަ ޕްރޮޓޮކޯލްގެ ތެރެއިން ކޮވިޑަށް ޓެސްޓު ކުރިއިރު އެމީހާ ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
މަރުވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައީ ބަންގްލަދޭޝް އަށްް ނިސްބަތްވާ 43 އަހަރުގެ ފިރިހެނެއްކަން އެޗްެއީއޯސީން ވަނީ ހާމަ ކޮށްދެއްވާފައެވެ.
މީގެ ކުރިންވެސް މަރުވެގެން ހޮސްޕިޓަލަށް ގެންދިޔަ ބައެއް މީހުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.
އިއްޔެ ރާއްޖެއިން ވަނީ 24 މީހުން ވައިރަހަށް ޕޮޒިޓިވް ވެފައެވެ.
ރާއްޖެއިން މިހާތަަނަށް މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 40 އަށް އަރާފައެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)