ބައިނަލްއަޤްވާމީ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހާއި ގުޅޭގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އިސްނަގައިގެން މިރޭ އޮންލައިން އިވެންޓެއް ބޭއްވުމަށް ނިންމައިފި އެވެ.
މިރޭ 7:00 ގައި ފެށުމަށް ހަމެޖހިފައިވާ މި އިވެންޓްގައި ޑަބްލިޔުއެޗްއޯގެ ޗެއާމަން ޓެޑްރޮސް އަދަނޮމް ގެބްރަޔަސުސްގެ އިތުރުން ރާއްޖޭގެ ފަރާތުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވެސް ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. ހަމައެހެންމެ ދުނިޔޭގެ އެކިކަންކޮޅުތަކުން ލީޑަރުން މި އިވެންޓްގައި ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.
Tune in to @WHO social media channels at 7PM (Malé time) on 10th Oct to join @DrTedros + national & international leaders around the world (including H.E President of the Maldives 🇲🇻 ) & celebrity guests to see what we can all do to improve our mental health! #MoveForMentalHealth https://t.co/8jEoo7kY9Z
— WHO Maldives (@WHOMaldives) October 9, 2020
މިއީ މިހާތަނަށް ނަފްސާނީ ދުޅަހެޔޮކަމާއި ގުޅޭގޮތުން ވަކާލާތުކޮށް މަޝްވަރާކުރުމަށް ބާއްވާ މިފަދަ ފުރަތަމަ ބައިނަލްއަޤްވާމީ އިވެންޓެވެ. މި އިވެންޓްގައި ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށްޓަކައި ކުރެވިދާނެ މަސައްކަތްތަކާއި މިކަމަށް ފަރުވާދިނުމަށް ބޭނުންވާ ވަސީލަތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެވޭނެ އެވެ.
3 ގަޑިއިރަށް ދެމިގެންދާ މި އޮންލައިން އިވެންޓް ސޯޝަލް މީޑިޔާ ޕްލެޓްފޯމްތައް ކަމަށްވާ ޑަބްލިޔުއެޗްއޯ ޗެނަލް، ޓްވިޓާ، ފޭސްބުކް ފަދަ ލައިވްކޮށް ދުރަށް ދެއްކުމަށް ވަނީ ހަމަޖެހިފަ އެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)