އައިޖީއެމްއެޗުގެ ލެބޯރެޓަރީން 100،000 ކޮވިޑް-19 ޕީސީއާރު ޓެސްޓު ހަދާފައިވާ ކަމަށް އެ ހޮޮސްޕިޓަލުން ބުނެފިއެވެ.
މާޗު ހަތެއްގައި ރާއްޖެއިން ކޮވިޑް ގެ ފުރަތަމަ ކޭސް ފެނުނު ހިސާބުން ފެށިގެން، އައިޖީއެމްއެޗްގެ ލެބޯރެޓަރީން 24 ގަޑިއިރު މެދުނުކެނޑި ކޮވިޑް ޕީސީއާރް ހެދުމުގެ މަސައްކަތް ދިޔައީ ކުރަމުންނެވެ. އެ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނީ، ޕީސީއާރް ޓެސްޓުކުރަން ފަށާފައި ވަނީ ފެބުރުއަރީ 29 ވަނަ ދުވަހު ކަމަށެވެ. އަަދި ބުދަ ދުވަހާއި ހަމައަށް އެއް ލައްކަ ޓެސްޓު ކުރެވިފައިވާ ކަމަށެވެ.
އައިޖީއެމްއެޗުން ބުނީ، އެ ހޮސްޕިޓަލުން ޕީސީއާރު ޓެސްޓުކުރަން ފެށީ އެންމެ ތިން މުވައްޒަފުން ހިމެނޭ ޓީމަކުން ކަމަށާއި ނަމަވެސް ކޮވިޑުގެ ކޭސްތައް އިތުރުވާން ފެށުމުން އެ ޓީމުގައި ހިމެނޭ މުވައްޒަފުންގެ އަދަދު އިރުކޮށްފައިވާ ކަމަށެވެ. އެގޮތުން ކޮވިޑް ޕީސީއާރު ޓެސްޓު ހެދުމުގައި މިހާރު 22 މުވައްޒަފުން މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
އެންމެ ފުރަތަމަ ޕީސީއާރް ޓެސްޓުކުރަން ފެށިއިރު، ޓެސްޓިން ކެޕޭސިޓީ ހުރީ ކޮންމެ 24 ގަޑިއިރަކު 100 ޕީސީއާރު ޓެސްޓެވެ. އެހެންނަމަވެސް މިހާރު ޓެސްްޓިން ކެޕޭސިޓީ އަކީ ކޮންމެ 24 ގަޑިއިރަކު 1،500 ޓެސްޓު ކަމަށް ހޮސްޕިޓަލުން ބުނެ އެވެ. އަދި ބުނީ އެއީ ސާމްޕަލް އެކްސްޓްރެކްޓު ކުރުމުގައި ޒަމާނީ މެޝިންތަކާއި ޕީސީއާރް މެޝިންތައް އަދި އިތުރު މުވައްޒަފުން ތަމްރީނު ކޮށް ނަތީޖާ ނެރެފައިވާ ކަމަށެވެ.
އެ ބަޔާނުގައި އައިޖީއެމްއެޗުން ވަނީ، ލެބޯރެޓަރީ މުވައްޒަފުންނަކީ ކޮވިޑް-19އާ ގުޅިގެން އެންމެ ކުރީ ސަފުގައި ހިދުމްތަދޭ ފަރާތްތައް ކަން ފާހަގަކޮށް، ލެބޯރަޓަރީ ހުރިހާ މުވައްޒަފުންނަށް ޝުކުރު އަދާކޮށްފައެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)