އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނާއިލް އަލީ ޝާއިޢު ކުރީ 30/08/2019

ހައްޖު ބައްޔަކީ ކޮބާ؟

ހައްޖުބައްޔަކީ ކޮންމެހެން ހައްޖަށް ދިޔުމުން މީހަކަށް ޖެހޭނޭ ބައްޔެއްނޫނެވެ. އެފަދ ބަލިމަޑުކަމުން ސަލާމަތް ވުމަށް މަސައްކަތް ކުރުމަކީ ކޮންމެ މީހެއްގެވެސް ޒިންމާއެކެވެ. ވީއިރު ކުރިއައް އޮތްޖީލަށް ހައްޖުބައްޔަކީ ކޯޗެއްކަން ނޭނގޭވަރަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމާތޯއެވެ.
Naail Ali Avatar
ނާއިލް އަލީ

ޝާއިޢު ކުރީ: 30/08/2019

Respiratory illness
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

1440 ވަނަ އަހަރުގެ ހައްޖުގެ މާތް އަޅުކަން އަދާކުރަން މިފަހަރު 2.5 މިލިއަނެއްހާ މީހުން އައި ކަމަށް ސައުދީގެ ގެނެރަލް އޮތޯރިޓީ ފޯ ސްޓެޓިސްޓިކްސް އިން މައުލޫމާތުދެއެވެ. ސީދާ ކަނޑައެޅިގެން ދީފައިވާ އަދަދަކީ 2،489،406 މީހުނެވެ. އޭގެތެރެއިން 1،855،027 މީހުން އެކިގައުމު ތަކުން އައިސް ފާވާކަމަށް ވެއެވެ. ދުނިޔޭގެ އެކިކަން ކޮޅުން މިފަދަ ބޮޑު އަދަދަކަށް މީހުން އެއްތާކަށް ޖަމާވާއިރު އެކިގޮތް ގޮތައް ބަލިމަޑުކަން ފެތުރުމަކީ އާންމުކަމެކެވެ. މިގޮތުން މަންމަމެން މާމަމެން ކައިރިން އަދި މާމަމެން މުނިމާމަމެން ކައިރިން ތުންތުން މަތިން އަބަދުވެސް ދެކެވެމުން އަންނަ ބަލިމަޑުކަމަކީ "ހައްޖު ބަލި" އެއްގެ ވާހަކައެވެ. ކެއްސުމާ ވަރައްވެސް ބިރުވެރި އެހާމެ ވަރުގަދަ ރޯގާއެއްގެ ވާހަކައެވެ. ހައްޖައް ގޮސްއަންނަ މީހެއް ވެއްޖެއްޔާ އެބަލި އިހުސާސް ކުރާނޭވާހަކައެވެ. މިދެންނެވި ބައްޔަށް މެޑިކަލް ސައިންސްވެރިއެއްގެ ނަޒަރުން ބަލާލަމާތޯއެވެ.

އަޑުއިވިފައިވާ ވާހަކަތަކާއި ޚިލާފަށް ހައްޖު ބައްޔަކީ ސީދާ އެންމެ ބައްޔެއް ނޫނެވެ. މިއީ ބަލިތަކަކަށް ކިޔޭނަމެކެވެ. އެންމެ އާންމުކޮށް ދިމާވާ ދެވައްތަރަކީ ނޭވާލުމުގެ ނިޒާމަށް ދިމާވާ ބަލިތަކެވެ. އެގޮތުން ނޭވާލުމުގެ ނިޒާމުގެ މަތީބަޔަށް ދިމާވާ ބަލިތަކާ ތިރީ ބަޔަށް ދިމާވާބަލިތަކަށް ބެހިގެން ދެއެވެ. މިގޮތުން މަތީބަޔަށް ދިމާވަނީ އޭ.އާރް.އައި އެވެ. މިއީ ނޭވާލާނިޒާމަށް ޖެހޭ އިންފެކްޝަން އެކެވެ. ކެއްސުމާ، ރޯގާއާ، ކަރު ދުޅަ ވުމުގެ އިތުރުން ހުމަކީ މިބަލިޖެހިފައިވާ މީހެއް ކައިރިން ފެންނާނޭ ބައެއް އަލާމާތްތަކެވެ. މި ބަލިފެތުރެން މެދުވެރިވާ މައިގަނޑު ވައިރަސް އަކީ އިންފލުއެންޒާ ވައިރަސް ކަމަށް ވެއެވެ. 

ނޭވާލުމުގެނިޒާމް ގެ ތިރީބަޔަށް ދިމާވާ ބައްޔަކީ އާންމުގޮތެއްގައި ނިއުމޯނިއާ އެވެ. 2003 ވަނަ އަހަރުގައި ހޮސޕިޓަލް ތަކުގައި އެޑމިޓް ކުރި ހައްޖުވެރިންގެ 39 އިންސައްތަކުރީ ނިއުމޯނިއާގެ ސަބަބުންނެވެ. އޭގެތެރެއިން 17 އިންސައްތަ މީހުން ނިޔާވެފައިވާކަމަށް ލިޔުންތަކުން ދައްކައެވެ. މި ބަލި ފެތުރެނީ ޖަރާސީމެއްގެ ޒަރިއްޔާއިންނެވެ.

ވީއީރު މިބަލިތަކުން ސަލާމަތްވާނެގޮތަކީ ކޮބާތޯ އަދި ބަލީގެ ޝިކާރައަކަށް ވުމުގެ ފަހުން ކަން ކުރަން ޖެހޭގޮތަކީ ކޮބައިތޯ ބަލާލަމާތޯއެވެ. އެންމެ މިހިންމު ފިޔަވަޅަކީ ސާފްތާހިރުވުމެވެ. ހައްޖުގެ ދުވަސްތަކުގައި އަނގަމަތީގައި މާސްކްއެޅުން، ކެއްސާ ކިނބިހިއަޅާއިރު ރުމާ ބޭނުންކުރުން އަދި ސަލާމް ބަލައިގަންނަން އަތް އެކަނި ބޭނުން ކުރުމަކީ ބަލިން ދުރުހެލިވެވޭނެ ބައެއް ކަން ކަމެވެ. އަތް ދޮވުން އެއީ އާދައަކް ހެދުން ވެސް ވަރަށް މުހިންމެވެ. 

ބަލީގޭ އަސަރުތައް ފެންނަން ފަށާހިސާބުން ކުރެވޭނޭކަންތައް ތަކަކީ ނިދިހަމަކުރުމާއި، ގިނަ ގިނައިން ދިޔާ އެއްޗިހިބުއިމާއި ޕެއިންކިލާރ ބޭސް ކާން ކަނޑައަޅާފާވަރަށް ކާންޖެހޭވަގުތު ތަކުގައި ކެއުމެވެ. ނަމަވެސް ބަލި ގޯސް ވާހެން ހީވާހިސާބުން ޑޮކްޓަރަށް ދެއްކުމަކީ ވަރަށް ވެސް މުހިންމުކަމެކެވެ.

ހައްޖުބައްޔަކީ ކޮންމެހެން ހައްޖަށް ދިޔުމުން މީހަކަށް ޖެހޭނޭ ބައްޔެއްނޫނެވެ. އެފަދަ ބަލިމަޑުކަމުން ސަލާމަތް ވުމަށް މަސައްކަތް ކުރުމަކީ ކޮންމެ މީހެއްގެވެސް ޒިންމާއެކެވެ. ވީއިރު ކުރިއައް އޮތްޖީލަށް ހައްޖުބައްޔަކީ ކޯޗެއްކަން ނޭނގޭވަރަށް އަޅަންޖެހޭ ފިޔަވަޅުތަށް އަޅަމާތޯއެވެ. ހެޔޮ ސިއްހަތަކަށް ގަދައަޅާ މަސައްކަތް ކުރަމާތޯއެވެ. 

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ލިޔުން ޝެއަރކުރައްވާ