މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ކޮވިޑް-19 އަށް 86 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.
މިއީ ފަސް ދުވަސް ފަހުން ދުވާލެއްގެ މައްޗަށް ފެންނަ ކޭސްތައް 100 އިން ތިރިވި ފުރަތަމަ ދުވަހެވެ.
މިއަދުގެ އިރުއޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން ބުނީ ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 85 މީހުންނަކީ މާލޭ ސަރަހައްދުން ޖެހުނު މީހުން ކަމަށާއި އަނެއް މީހާއަކީ އެހެން ރަށަކުން ޕޮޒިޓިވްވެފައިވާ މީހެއް ކަމަށެވެ.
އެޗްޕީއޭ އިން އާންމު ކުރި ކޮވިޑްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ، 56 ދިވެހިންނާއި 30 ބިދޭސީންނެވެ.
ޕޮޒިޓިވްވި ބިދޭސީންގެ ތެރޭގައި ހިމެނެނީ، 27 ބަންގްލަދޭޝް މީހަކާއި އިންޑިއާ، ސްރީލަންކާ، އަދި ފިލިޕީންސްގެ މީހެކެވެ.
ރާއްޖޭގެ ކޮވިޑް ބަލީގެ ނަމްބަރު ވަރަށް ބޮޑުތަނުން އުފުލެން ފަށައި ދެ ހަފުތާ ވެފައިވާއިރު މިހާތަނަށް 4،680 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވެއެވެ. މިއަދު 19 މީހަކު ރަނގަޅުވި އިރު ޖުމްލަ 2،725 މީހަކު ރަނގަޅުވެފައި ވެއެވެ. ރާއްޖެއިން މަރުވީ 19 މީހެކެވެ. ފަސް ބިދޭސީއަކު މަރުވެފައި ވެެއެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)