ފާއިތުވި ތިން ހަފްތާއާއި އަޅާބަލާއިރު ރާއްޖޭގައި ކޮވިޑް-19 ފެތުރޭ ރޭޓް އިތުރުވެފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.
އެޗްޕީއޭއިން ޓްވީޓްކޮށްފައިވާ ހަފްތާ ޗާޓުން ދައްކާގޮތުގައި މި ޖުލައި މަހުގެ 8 ވަނަ ދުވަހުން 14 އާއި ހަމަޔަށް ފެނިފައިވާ ކޭސްތަކުގެ 90 އިންސައްތައަކީ ކުރީގެ ކްލަސްޓާރ ތަކާއި އެއްވެސް ވަރަކަށް ގުޅުމެއް ނެތް ކޭސްތަކެވެ.
In the week of 8-14 July, 91 (30%) of 300 cases have no link to any existing cluster.
— Health Protection Agency (@HPA_MV) July 18, 2020
🔹Increase trend in unlinked cases show that there is wide community spread pic.twitter.com/w8BJPrQyaA
އަދި މި މުއްދަތަކީ މިހާތަނަށް ހޮސްޕިޓަލްތަކުގައި އެންމެ ގިނަ މީހުން އެޑްމިޓްކޮށްގެން ފަރުވާދީފައިވާ ދުވަސްވަރުކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.
މިހާރުގެ ތަފާސް ހިސާބުތަކުން ރާއްޖޭގައި ވައރަސް ފެތުރެމުންދާ ނިސްބަތުން ބޮޑު ކޮމިއުނިޓީ ސްޕްރެޑަކަށް ގޮސްފައިވާކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. ޖުލައި 8ން 14އަށް ވަނީ ރާއްޖެއިން ވައިރަހަށް ޕޮޒިޓިވްވާ މީހުން ނިސްބަތުން 17 އިންސައްތައަށް އުފުލިފައެވެ.
އެޗްޕީއޭއިން މިހެން ބުނެފައި މިވަނީ ފްލޫ ކްލިނިކްތައް ޑޮކްޓަރަށް ދައްކަންދާ ގިނަ މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވަމުން ދާކަމަށް ޑރ އަހުމަދު ޝަހީދު ވިދާޅުވެފައި ވަނިކޮށެވެ.
ހޮނިހިރު ދުވަހުގެ ރޭ އެޗްއީއޯސީއީގައި ކުރިއަށްދިޔަ ނޫސްވެެރިންގެ ބައްދަލުވުމުގައި ޑރ އަހުމަދު ޝަހީދު ވިދާޅުވީ ފުލޫގެ ނިޝަންތަކެއް ހުރެގެން ފުލޫ ކްލިނިކަށް ދައްކައިގެން ޓެސްޓް ކުރާ ސާމްޕަލްތަކުގެ ތެރެއިން އާންމުކޮށް ޕޮޒިޓިވްވަނީ ފަސް ޕަސެންޓް ކަމަށެވެ. އެކަމަކު ނިމިދިޔަ ހަފްތާގައި އެ އަދަދު ނުވަ ޕަސެންޓަށް މައްޗަށް ގޮސްފައިވާ ކަމަށެވެ.
ޑރ. ޝަހީދު ވިދާޅުވީ، މި އަދަދުތައް ދަށް ކުރުމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކަށް ބޯލެނބުމަކީ މުހިއްމު ކަމެއް ކަމަށެވެ. އަދި ބަލީގެ އަލާމާތެއް ފެންނަ ނަމަ ފްލޫ ކްލިނިކަށް ގޮސް ޓެސްޓް ކުރުމާއި، ކަރަންޓީންގައި ތިބޭ މީހުންވެސް ކަރަންޓީންގެ އުސޫލުތަކަށް ބޯލެނބުމުގެ މުހިއްމުކަން ޑރ ޝަހީދު ފާހަގަ ކުރެއްވިއެވެ. އޭގެ އިތުރުން، ކޮންމެހެން ޒަރޫރީ ބޭނުމެއްގައި މެނުވީ މާލެއިން ރަށްރަށަށް ދަތުރު ނުކުރުމަށްވެސް ޑރ ޝަހީދު އިލްތިމާސް ކުރެއްވިއެވެ.
ރާއްޖެއިން ލޮކްޑައުންއަށް ލުއިތަކެއް ދިނުމާއެކު މާލޭ ސަރަހައްދުން ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެފަ އެވެ. އަދި ރަށްތަކުންވެސް ޕޮޒިޓިވްވާ ކޭސްތައް ވަނީ އިތުރުވާން ފަށާފަ އެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)