މާލެތެރެއަށް ކޮވިޑް-19 ފެތުރުމާ ގުޅިގެން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، މާލެ ސަރަހައްދުގައި ތިން މަހެއްހާ ދުވަހަށް އިއުލާން ކުރި ލޮކްޑައުން އަށް ލުއިދިނުމަށް 67 ޕަސެންޓު މީހުން ބޭނުންވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) އިން ކުރި ދިރާސާއަކުން ދައްކައިފި އެވެ.
Socio-economic aspects of COVID-19 in the Maldives: Round 2
— The Maldives National University (@MNUedu) July 17, 2020
A study by MNUin collaboration with @HPA_MV pic.twitter.com/AnIA06mrF2
"ސްޓަޑީ އޮފް ސޯޝިއޯ އިކޮނޮމިކް އެސްޕެކްޓްސް އޮފް ކޮވިޑް-19 އިން މޯލްޑިވްސް" ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ދިރާސާގައި 2517 މީހުން ބައިވެރިވި އިރު، މި ދިރާސާ އިން ދައްކާ ގޮތުގައި 67 ޕަސެންޓް މީހުން ވަނީ ލޮކްޑައުނަށް ލުއިތައް ދޭން ތާއީދުކޮށްފައެވެ.
މީގެތެރެއިން 50 ޕަސެންޓް މީހުން ބޭނުންވީ މަރުހަލާތަކަކަށް ބަހާލައިގެން ގައިޑްލައިންތަކާއެކު ލޮކްޑައުނަށް ލުއި ދިނުމަށެވެ.
އަދި ވަކި އުސޫލުތަކަކާ އެކު ލޮކްޑައުން އެއްކޮށް އުވައިލާން 15 ޕަސެންޓު މީހުން ބޭނުންވާއިރު ލޮކްޑައުންގައި ބޭއްވުމަށް ތާއީދު ކުރީ 33 ޕަސެންޓު މީހުންނެވެ.
މި ދިރާސާގައި ބައިވެރިވެފައިވާ މީހުންގެ ތެރެއިން ކޮންމެ ފަސް މީހަކުން އެކަކު ވަނީ ކޮވިޑް-19 އަށް ޓެސްޓު ކޮށްފަ އެވެ. އޭގެ ތެރެއިން ތިން ޕަސެންޓު މީހުންނަށް ބަލި ޖެހިފައިވާއިރު، 85 ޕަސެންޓު މީހުންގެ ނަތީޖާ ނެގެޓިވް އެވެ. އަދި 12 ޕަސެންޓު މީހުންގެ ނަތީޖާތައް އަދި ނުލިބެ އެވެ.
މާލެ ސަރަހައްދުގައި އިއުލާންކުރި ލޮކްޑައުނަށް ލުއިތައް ދޭން ފެށުމާއެކު އަނެއްކާވެސް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ އިތުރުވާން ފަށާފައެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)