ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުން ކޮވިޑް-19 އާ ގުޅިގެން ހެދި ޕީސީއާރު ޓެސްޓުގެ އަދަދު 50،000 އަށް ވުރެ މަތި ކަމަށް އެ ހޮސްޕިޓަލުން އިއްޔެ ބުނެފި އެވެ.
ސަރުކާރުގެ މައި ހޮސްޕިޓަލުން ބުނީ ކޮވިޑްގެ ބަލި މީހުން ރާއްޖެއިން ފެންނަން ފެށުމާއެކު އެ ހޮސްޕިޓަލުން ކޮވިޑަށް ޓެސްޓް ކުރަން ފަށާފައިވާ ކަމަށާ މިއަދުގެ ނިޔަލަށް 50،000 ގިނަ ސާމްޕަލް ޓެސްޓްކޮށްފައިވާ ކަމަށެވެ.
IGMH Laboratory has successfully proceeded over 50,000 PCR tests for COVID-19 on 17th July 2020.
— IGMH (@igmhmv) July 17, 2020
This is the confirmatory test done for COVID-19 infection, through a sample taken from the throat and/or nasal swab, which detects virus at an early stage.
ޕީސީއާރު ޓެސްޓަކީ މީހެއްގެ ގައިގައި ކޮވިޑް-19 ހުރިތޯ ބެލުމަށް ކަރުން ނުވަތަ ނޭފަތުން ސްވަބް ސާމްޕަލް ނަގައިގެން ހަދާ ޓެސްޓެވެ.
ރާއްޖެއިން ކޮވިޑްގެ ބަލި މީހަކު ފެނުނުތާ މިއަދަށް 132 ދުވަސް ވީއެވެ. މިހާތަނަށް 65،799 ސާމްޕަލް ވަނީ ޓެސްޓްކޮށްފައެވެ. ކޮވިޑަށް ރާއްޖެއިން އެންމެ ފުރަތަމަ ޓެސްޓް ކުރަން ފެށީވެސް އައިޖީއެމް ހޮސްޕިޓަލުންނެވެ. އޭގެ ފަހުން ފުލުހުންގެ ލެބުންވެސް ވަނީ ކޮވިޑަށް ޓެސްޓް ކުރަން ފަށާފައެވެ. އަދި އޭޑީކޭ ހޮސްޕިޓަލުންވެސް މިހާރު ވަނީ ދުވާލަކު 500 ސާމްޕަލް ޓެސްޓް ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައެވެ.
ކޮވިޑް-19 ޖެހިފައިވޭތޯ ދެނެގަތުމަށް ހަދާ ޕީސީއާރު ޓެސްޓުގެ އިތުރުން، ބަލި ޖެހި ރަނގަޅުވެފައިވެތޯ ބެލުމަށް ހަަދާ އެންޓިބޮޑީ ޓެސްޓު ވެސް އައިޖީއެމްއެޗުން އަންނަނީ ހަދަމުންނެވެ.
ކޮވިޑްގައި ރާއްޖެއިން 15 މީހަކު ވަނީ މަރުވެފައެވެ. މިހާތަނަށް މި ބަލި ޖެހިފައިވަނީ 2,913 މީހުންނަށެވެ. އޭގެ ތެރެއިން 2,339 ވަނީ ރަނގަޅުވެފައެވެ. އެއީ ބަލި ޖެހުނު މީހުންގެ 80.68 ޕަސެންޓެވެ. މިވަގުތުވެސް 36 މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ދަނީ ފަރުވާ ދެމުންނެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)