މިއަދުގެ މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ 31 މީހުން ކަމަށާ ހަ މީހަކު މިއަދު ބަލިން ރަނގަޅުވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.
އެޗްޕީއޭއިން ބުނީ ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 22 ދިވެހިންނާއި އަށް ބަންގްލަދޭޝް މީހުންގެ އިތުރުން އިންޑިއާ އެކަކު ކަމަށެވެ.
ލޮކްޑައުންގެ ހާލަތަށް ލުއި ދިން ފަހުން އެންމެ ގިނަ މީހުން މި ބައްޔަށް ޕޮޒިޓިވްވީ އިއްޔެ އެވެ. އެއީ 67 މީހުންނެވެ. އަދި ފާއިތުވި ހަތް ދުވަހުގެ ތެރޭގައި ވައިރަސް އަށް ގިނަ އަދަދެއްގެ މީހުން ވަނީ ޕޮޒިޓިވް ވެފައެވެ. އެގޮތުން ފާއިތުވި ހަތް ދުވަހުގެ ތެރޭގައި ވަނީ 271 ޕޮޒިޓިވް ކޭސް ފެނިފައެވެ.
މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 2,762 އަށް އަރާފަ އެވެ. މިއަދު ކޮވިޑް ބަލިން ރަނގަޅުވީ ހަ މީހުންނެވެ. މިހާތަނަށް ރާއްޖެއިން ރަނގަޅުވީ މީހުންގެ އަދަދަކީ 2،290 މީހުންނެވެ. މިވަގުތު ފަރުވާގައި ތިބީ 444 މީހުންނެވެ.
ރޭގެ 18:00 އިން ފެށިގެން މިއަދު 18:00 އާ ހަމައަށް 31 މީހަކު ވައިރަސް އަށް ޕޮޒިޓިވްވި އިރު އެ ވައިރަސް އިން ރަނގަޅުވެފައިވަަނީ ހަ މީހަކު ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)