އިތުރު 16 މީހަކު މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އަލަށް ޕޮޒިޓިވްވެފައިވަނީ 11 ދިވެއްސަކާއި ފަސް ބަންގްލަދޭޝް މީހެކެވެ. އަދި މިހާތަނަށް ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ޖުމުލަ އަދަދު ވަނީ 2501 އަށް އަރާފަ އެވެ.
މިއަދު 16 މީހަކު ޕޮޒިޓިވްވިއިރު ކުރިން ބަލި ޖެހިގެން ފަރުވާ ހޯދަމުންދިޔަ 22 މީހަކު ވަނީ ރަނގަޅުވެފަ އެވެ. މިއާއެކު ރާއްޖެއިން މިހާރު މި ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު ވަނީ 319 އަށް ތިރިވެފަ އެވެ.
މި ހަފުތާގެ ތެރޭގައި ތިން މީހަކު މަރުވެފައިވެ އެވެ. އެ ތިން މީހުންނަކީ ވެސް ދުވަސްވީ ދިވެހިންނެވެ.
އެގޮތުން މިރޭވެސް ވަނީ އުމުރުން 70 އަހަރުގެ މީހަކު މަރުވެފައެވެ. ކޮވިޑްގައި މަރުވި ދިވެހިންނަކީ މުޅިން ވެސް ދުވަސްވީ މީހުންނެވެ. ދެން މި ބަލީގައި ރާއްޖޭގައި މަރުވެފައިވަނީ ބަންގްލަދޭޝް މީހުންނެވެ. އޭގެ ތެރޭގައި ދެބައި އުމުރުގެ މީހުން ހިމެނެ އެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)