އުމުރުން 11 އަހަރުގެ ކުއްޖެއްގެ ފުއްޕާމެއިން ބުރުގާ ޕިނެއް ނަގާފައިވާކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.
ކާމިޔާބު އޮޕަރޭޝަނަކަށް ފަހު އައިޖީއެމްއެޗުން ކުރި ޓުވީޓެއްގައި ބުނީ، ކުއްޖާގެ ހާލު މިހާރު ރަނގަޅު ކަމަށެވެ.
With support from ER/Radiology/Anesthesiology/Our Bronchoscopy Nurses team
— IGMH (@igmhmv) June 30, 2020
- Pulmonology team of National Centre for Respiratory Medicine-IGMH were able to remove a metal pin (Usual Burga Pin) from left lung of an 11 year old Maldivian. Alhamdhulillah the patient is fine. pic.twitter.com/Yy6AE6tG3y
މި ޕިން ނަގާފައިވަނީ އައިޖީއެމްއެޗްގެ ތަފާތު އެކި ޑިޕާޓްމެންޓުތަކުގެ ނަރުހުންގެ އެހީތެރިކަމާއެކު އެ ހޮސްޕިޓަލުގެ ޕުލްމޮނޮލޮޖީ ޓީމުންނެވެ.
އައިޖީއެމްއެޗްގެ ޑޮކްޓަރު މުހައްމަދު އިސްމާއީލް ވަނީ އަނގަޔަށް ބުރުގާ ޕިން ފަދަ އެއްޗެހި ނުލުމަށް އިލްތިމާސްކުރައްވައިފައެވެ.
Again, another buruga pin, retrieved from an 11 year old girl's lung.
— M. Ismail (@drmodismail) June 30, 2020
All those wearing buruga, please keep in mind, NOT to put pins into your mouth!!! pic.twitter.com/BnYrHGobUB
އަދި އައިޖީއެމްއެޗްގައި މަސައްކަތް ކުރައްވަމުން އަންނަ ޑރ. މުހައްމަދު އަލީ ވަނީ ބުރުގާ ޕިން ނަގަން ކުރަން ޖެހޭ އޮޕަރޭޝަނަކީ ވަރަށް އުނދަގޫ އަދި ފުއްޕާމޭ ހަލާކުވެދާނެ ކަހަލަ ކަމެއް ކަމަށް ވިދާޅުވެފަ އެވެ.
މީގެކުރިން ތަކުރާރުކޮށް އައިޖީއެމްއެޗުން ވަނީ ބުރުގާގަޖަހާ ދަތިފަދަތޫނު އެއްޗިހި އަނގަތެރެއަށް ނުލުމަށް އިލްތިމާސްކޮށްފަ އެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)