އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 03/06/2020

ކޮވިޑަށް މިއަދު ރާއްޖެއިން ޕޮޒިޓިވްވީ 9 މީހުން، ރަނގަޅުވީ 36 މީހުން

ކޯވިޑް-19: ދުވަހުގެ ރިޕޯޓު
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 03/06/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޮވިޑް-19 އަށް މިއަދު ނުވަ މީހަކު ޕޮޒިޓިވްވެ އަދި އިތުރު 36 މީހަކު މި ބަލިން ވަނީ ރަނގަޅުވެފަ އެވެ.

މިއާއެކު ރާއްޖެއިން އެ ބަލި ޖެހުނު މީހުންގެ އަދަދު 1,850 އަށް އަރާފަ އެެވެ. މިއަދު ނުވަ މީހުން ޕޮޒިޓިވްވި އިރު، އިއްޔެ ޕޮޒިޓިވްވެފައި ވަނީ 12 މީހެކެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 644 އަށް އަރައިފަ އެވެ. ބަލީގައި މިހާތަނަށް މަރުވީ ހަތް މީހެކެވެ.

އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވްވީ މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ދެ ރައްޔިތަކާއި، ހަތް ދިވެހިން ކަމަށެވެ.

ކޮވިޑް-19 އަށް ކުރާ ޓެސްޓްތަކުގެ ނަތީޖާ އެޗްޕީއޭ އިން މިހާރު އިއުލާނުކުރަނީ ކޮންމެ ދުވަހެއްގެ ހެނދުނު 6:00 އިން އަނެއް ދުވަހުގެ އިރުއޮއްސި 6:00 އާ ހަމަ އަށް ނަތީޖާ ލިބޭ ސާމްޕަލްތަކުންނެވެ.

މިއަދު 6:00 އާ ހަމަ އަށް ބަލާއިރު މިހާރު ބަލީގައި ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދަކީ 1،197 އެވެ. އައިސޮލޭޝަންގައި 1،248 މީހަކު ތިބި އިރު ކަރަންޓީނުގައި 1،484 މީހަކު އެބަ ތިއްބެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ