އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 07/08/2020

ސްކޫލްތައް ހުޅުވެން އޮތް ހަމައެކަނި މަގަކީ ކޮވިޑަށް ޓެސްޓުކޮށް ކޮންޓެކްޓް ޓްރޭސިން ހެދުން: ދިރާސާ

މި ދިރާސާގައި ވަނީ މިހާރުގެ ހާލަތަށް ބަލާނަމަ ސްކޫލްތަކުން އަލާމާތްތައް ފެންނަ 59 ނުވަތަ 87 އިންސައްތަ މީހުން ވައިރަހަށް ޓެސްޓު ކުރުމަށް ލަފާދީފަ އެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 07/08/2020

Research Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ރައްކާތެރިގޮތުގައި ސްކޫލްތައް ހުޅުވެން އޮތް ހަމައެކަނި މަގަކީ ކޮވިޑް-19 އަށް ޓެސްޓްކޮށް ކޮންޓެކްޓް ޓްރޭސިން ހެދުންކަމަށް އިނގިރޭސިވިލާތުގެ ސައިންސްވެރިން ބުނެފި އެވެ.

އިނގިރޭސިވިލާތުގައި ކޮވިޑް-19 އާއި ގުޅިގެން ސްކޫލްތައް ބަންދުކޮށްފައިވީ ނަމަވެސް އެޤައުމުގެ  މިހާރު ދަނީ ސްކޫލްތައް އަލުން ހުޅުވުމުގެ މަސައްކަތް ކުރަމުންނެވެ. އެހެންނަމަވެސް މި ދަނޑިވަޅުގައި ސްކޫލުތައް ހުޅުވުމަކީ ކޮވިޑް-19ގެ ދެވަނަ ރާޅަކަށް ދެވޭ ދައުވަތެއްކަމުގައި އެޤައުމުގެ ސައިންސްވެރިން ވަނީ ބުނެފަ އެވެ.

އަދި ސްކޫލްތައް ހުޅުވެން އޮތް ހަމައެކަނި ގޮތަކީ ކޮވިޑް-19އަށް ޓެސްޓްކޮށް ކޮންޓެކްޓް ޓްރޭސިން ހެދުމާއެކު، ޕޮޒިޓިވްވާ ފަރާތްތައް އެކަހެރިކުރުން ކަމަށް ހެކިދޭ ދެ ދިރާސާއެއް ދާދިފަހުން ސައިންސްވެރިން ވަނީ ހަދާފައެވެ.

ދަ ލެންސެޓް ޖާނަލްގައި ޝާއިއުކޮށްފައިވާ މި ދެ ދިރާސާގެ ބޭނުމަކީ ސްކޫލްތައް އަލުން ހުޅުވުމާއި ގުޅޭގޮތުން ދުނިޔޭގެ ނިސްބަތުން މަޝްވަރާކުރުމަށް މައުލޫމާތު ފޯރުކޮށްދިނުމެވެ.

މި ދިރާސާގައި ބުނެފައިވާ ގޮތުން އެދެވޭގޮތެއްގައި ކޮވިޑް-19އަށް ޓެސްޓްކޮށް ކޮންޓެކްޓް ޓްރޭސިން ހެދިއްޖެނަމަ ކޮންމެ ކޭސް އަކާއި ގުޅުންހުރި އެހެނިހެން ކޭސްތައް ދެނެގަނެވި އައިސޮލޭޓް އަދި ކަރަންޓީން ކުރަންޖެހޭ މީހުން ދެނެގަނެވޭނެ އެވެ.

އަދި އޮސްޓްރޭލިޔާގެ ސައިންސްވެރިންގެ ޓީމަކުން ވަނީ މިގޮތަށް ޓެސްޓްކޮށް ކޮންޓެކްޓް ޓްރޭސިން ހެދުމުގެ ސަބަބުން ނިއު ސައުތު ވޭލްސްގައި ޖެނުއަރީއިން އޭޕްރީލްމަހުގެ ފަހުކޮޅާއި ހަމަޔަށް ހުޅުވާފައި ހުރި ސްކޫލްތަކުން ޕޮޒިޓިވްވި ދަރިވަރުންނާއި ޓީޗަރުންގެ އަދަދު މަދުކަން ފާހަގަކޮށްފަ އެވެ.

އިނގިރޭސިން ހެދި ދިރާސާއިން ވަނީ މި ސެޕްޓެމްބަރު މަހު އެޤައުމުގައި ސްކޫލްތައް ހުޅުވާއިރު ކޮވިޑް-19އަށް ޓެސްޓްކޮށް ކޮންޓެކްޓް ޓްރޭސިން ހެދިއްޖެނަމަ ދެވަނަ ރާޅަކުން ދިފާއުވެވޭނެކަމަށް ލަފާކޮށްފަ އެވެ.

މި ދިރާސާގައި ވަނީ މިހާރުގެ ހާލަތަށް ބަލާނަމަ ސްކޫލްތަކުން އަލާމާތްތައް ފެންނަ 59 ނުވަތަ 87 އިންސައްތަ މީހުން ވައިރަހަށް ޓެސްޓު ކުރުމަށް ލަފާދީފަ އެވެ. އަދި އެމީހުންގެ ކޮންޓެކްސް ހޯދައި އޭގެތެރެއިން ބަލިމީހުން ގޭގައި އައިސޮލޭޓް ކުރުމަށް ލަފާދީފަ އެވެ.

"އަހަރެމެންގެ ދިރާސާގައި ވާނީ މިހާރު އިނގިރޭސިވިލާތަށް ކުރިމަތިވެފައިވާ ދެވަނަ ރާޅުން އަރައިގަތުމަށް ވައިރަހުގެ އަލާމާތްތައް ތިބި މީހުން އަވަހަށް ޓެސްޓުކޮށް އެމީހުންގެ ކޮންޓެކްޓްސް ހޯދައި ގޭގައި އައިސޮލޭޓް ކުރުމަށް ލަފާދީފަ" މި ދިރާސާގެ ސީނިއަރާ ރިސާރޗަރ ޖޭސްމީނާ ޕަނޮސްކާ ބުނެފައި ވެއެވެ.

ރިސާޗަރުން ވަނީ ސްކޫލްތައް ހުޅުވުމަކީ ލޮކްޑައުންއަށް އޭގެ އެދެވޭ އަސަރު ކުރާނޭ ކަމައްގެ ގޮތުގައި ފާހަގަކޮށްފަ އެވެ. އެގޮތުން ސްކޫލްތައް އަލުން ހުޅުވައިފިނަމަ ލޮކްޑައުންއަށް ރިލެކްސް ލިބި ފަސޭހައަށް ޓެސްޓުކޮށް ކޮންޓެކްޓް ޓްރޭސް ކުރެވޭނެކަމަށް ރިސާޗަރުން ވަނީ ބުނެފަ އެވެ.

މި ދެ ދިރާސާގައި ވެސް ވަނީ ސްކޫލްތައް ހުޅުވުމަށް ބާރުއަޅާފަ އެވެ. މދިރާސާގައި މިސާލެއްގެ ގޮތުގައި ނަގާފައިވަނީ އޮސްޓްރޭލިއާގެ 25 ސްކޫލެކެވެ. އެ ސްކޫލުތަކުގައި 27 ދަރިވަނުންނާއި މުވައްޒަފުން ޕޮޒިޓިވްވެފައިވާއިރު، އެމީހުންގެ ފަރާތުން ބަލިފެތުރިފައިވަނީ އެންމެ 18 ފަރާތަށެވެ. އެގޮތުން ކޮންޓެކްޓް ޓްރޭސިންއަށް 1،448 މީހުން ފާހަގަކުރެވިފައިވާ ކޭސްތަކުގައި އަލާމާތްތައް ފެނިގެން 633 މީހުން ޓެސްޓުކޮށް އޭގެތެރެއިން 18 މީހުން ޕޮޒިޓިވްވެފައިވާކަމަށް ސައިންސްވެރިން ވަނީ ބުނެފަ އެވެ.

މިސްކޫލުތަކުގައި ޕޮޒިޓިވްވެފައިވާ ބައެއް ފަރާތްތައް ދެނެގަނެވިފައި ނުވުމަކީވެސް އެކަށީގެންވާކަމެއް ކަމުގައި ދިރާސާވެރިން އެއްބަސްވެއެވެ. ނަމަވެސް ކަމާބެހޭ ފަރާތްތަކުން މިދެ ދިރާސާއިން ލިބިފައިވާ މައުލޫމާތު ބޭނުންކޮށްގެން ސްކޫލުތައް ހުޅުވުމާއި ބެހޭގޮތުން ގޮތް ނިންމޭނެއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ