އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 07/08/2020

އޮކްޓޫބަރުމަހު ރަޝިޔާގެ އާބާދީއަށް ވެކްސިން ދޭން ފަށަން ތައްޔާރުވަނީ

އެންމެ ފުރަތަމަ ވެކްސިން ދޭ ގްރޫޕްގެ ތެރޭގައި ހިމެނެނީ ޑޮކްޓަރުންނާއި ޓީޗަރުންނެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 07/08/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މި އަހަރުގެ އޮކްޓޫބަރު މަހު ރަޝިޔާގެ އާބާދީއަށް ވެކްސިން ދޭން ފަށަން ތައްޔާރުވަމުންދާ ކަމަށް އެޤައުމުގެ ހެލްތު މިނިސްޓަރު މިކައިލް މުރަޝްކޯ ވިދާޅުވެއްޖެ އެވެ.

މުރަޝްކޯ މިހެން ވިދާޅުވެފައި ވަނީ ރަޝިޔާގެ މޮސްކޯ ލެބޯޓްރީގައި ތައްޔާރުކުރި ކޮވިޑް-19 ވެކްސިންގެ ހުރިހާ ޓްރަޔަލްއެއް ކާމިޔާބު ކަމާއެކު ނިމިފައިވާކަން އިއުލާން ކުރައްވަމުންނެވެ. އަދި ވަރަށް އަވަހަށް އެ ގައުމުގެ ރައްޔިތުންނަށް އެ ވެކްސިން ދޭން ފެށުމުގެ ބޮޑު ކެމްޕެއިނެއް ފަށަން ތައްޔާރުވަމުންދާކަމަށްވެސް މުރަޝްކޯ ވަނީ ވިދާޅުވެފަ އެވެ.

ރަޝިޔާގެ ރައްޔިތުންނަށް ވެކްސިން ދޭން ތައްޔާރުވި ނަމަވެސް އެންމެ ފުރަތަމަ ވެކްސިން ދޭ ގްރޫޕްގެ ތެރޭގައި ހިމެނެނީ ޑޮކްޓަރުންނާއި ޓީޗަރުންނެވެ. އަދި މި ވެކްސިން އާއްމުންނަށް ދިނުމުގެ ހުއްދަ އެ ގައުމުގެ ކަމާ ބެހޭ އިދާރާތަކުން ލިބޭނެކަމުގެ އުއްމީދު ވަރަށްވެސް ބޮޑެވެ.

އެޑެނޯވައިރަސް އިން ތައްޔާރު ކޮށްފައިވާ މި ވެކްސިން ކާމިޔާބުވެއްޖެނަމަ، ވެކްސިން ވެގެން ދާނީ މިހާތަނަށް ދުނިޔޭގައި އުފެއްދޭ ކޮރޯނާވައިރަހުން ދިފާއު ވެވޭ ފުރަތަމަ ވެކްސިން އަށެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ